logoEN
Sto top
ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ލެބޯޓަރީއަށް ބޭނުންވާ ތަކެތި ފުވައްމުލައް ކައުންސިލާއި ހަވާލުކޮށްފި

ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ލެބޯޓަރީއަށް ބޭނުންވާ ތަކެތި ފުވައްމުލައް ކައުންސިލާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

5/28/2025, 3:43:33 PM

# ފުވައްމުލައް ސިޓީ

--

ފުވައްމުލަކު ސިޓީގައި ގާއިމްކުރާ ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ލެބޯޓަރީ އަދި ތަމްރީނު މަރުކަޒަށް ބޭނުންވާ ބައެއް ތަކެތި އެ ސިޓީ ކައުންސިލާއި ހަވާލުކޮށްފި އެވެ.

Wamco

މިއަދު އެސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ޑރ. މަރްޔަމް މާރިޔާ، ޖަޕާނުގެ ސަފީރު އިޝިގާމީ ރުމިކޯ، ޔޫ.އެން.ޑީ.ޕީގެ ޑެޕިއުޓީ ރެސިޑެންޓް ރެޕްރެޒެންޓެޓިވް ޕެކް ޗުއާން ގާން، އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު އިސްމާޢީލް ރަފީޢުގެ އިތުރުން އެކައުންސިލްގެ މުވައްޒަފުން ވަނީ ބައިވެރިވެފައި އެވެ.

ފުވައްމުލަކު ސިޓީގައި ގާއިމްކުރާ ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ލެބޯޓަރީ އަދި ތަމްރީނު މަރުކަޒަކީ ދިވެހި ސަރުކާރާއި، ޖަޕާނު އަދި ޔޫ.އެން.ޑީ.ޕީ އާއި ގުޅިގެން ހިންގާ ޕްރޮޖެކްޓުގެ ދަށުން ޤާއިމުކުރެވޭ މަރުކަޒެކެވެ.

މިތަނުން ދަނޑުވެރިކަމާއި ގުޅުހުންހުރި ތަމްރީންތައް ހިންގުމުގެ އިތުރުން، ޒަމާނީ، ދެމެހެއްޓެނިވި ދަނޑުވެރިކަމަށް ބޭނުންވާ ކަންކަން އިންތިޒާމުވެގެންދާނެ ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ.

އެވުޒާރާއިން ބުނީ ސަރުކާރުގެ އަމާޒަކީ ދިވެހި ދަނޑުވެރިކަން ދެމެހެއްޓެނެވި ގޮތުގައި ތަރައްޤީކޮށް، ކާނާގެ ޔަޤީކަން އިތުރުކުރުން ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside