logoEN
Sto top
އިޖުތިމާއީ ރައްކާތެރިކަމަށް މަސައްކަތް ކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ޚާއްސަ ކޮމެެޓީއެއް އުފައްދައިފި

އިޖުތިމާއީ ރައްކާތެރިކަމަށް މަސައްކަތް ކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ޚާއްސަ ކޮމެެޓީއެއް އުފައްދައިފި

އަހުމަދު ޝުރާއު

logo

5/21/2025, 1:04:15 PM

# ފުވައްމުލައް ސިޓީ

--

އިޖުތިމާއީ ރައްކައުތެރިކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުވައްމުލައްސިޓީގެ އެންމެހައި ހިއްސާދާރުން ގުޅިގެން، ވަށައިޖެހޭ ގޮތެއްގައި މަސައްކަތް ކުރުމަށް ޚާއްސަ ކޮމެޓީއެއް އުފައްދައިފި އެވެ.

Wamco

މަލްޓި ސެކްޓޯރަލް ސޯޝަލް އޯވާސައިޓް ކޮމިޓީ (އެމްއެސްއޯސީ)ގެ ނަމުގައި ފުވައްމުލައް ސިޓީ ކައުންސިލުން އުފެެއްދި ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ރޭ ފުވައްމުލައް ސިޓީގައި ވަނީ ބާއްވާފައި އެވެ.

ފުވައްމުލައް ސިޓީގެ އެމްއެސްއޯސީ އަކީ މި މަގުސަދުގައި މަސައްކަތް ކުރުމަށް ދިވެހިރާއްޖޭގައި އުފެއްދުނު މިފަދަ ފުރަތަމަ ކޮމިޓީއެވެ.

އަދި ރޭ ބޭއްވި ބައްދަލުވުމަކީ ސިޓީ ފެންވަރުގައި ބޭއްވި މިބާވަތުގެ ފުރަތަމަ އެމްއެސްއޯސީ ބައްދަލުވުމެވެ. ރޭގެ ބައްދަލުވުމުގައި ފުވައްމުލައް ސިޓީ މޭޔަރ، ކައުންސިލަރުން، ޔުނިސެފް އަދި ފުވައްމުލައް ސިޓީ ޕޮލިހުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީ އިބަމަ ގޮފިންނާއި ފުވައްމުލައް ހޮސްޕިޓަލް އަދި މިސިޓީގެ ސްކޫލްތަކުގެ އިސްވެރިންވަނީ ބައިވެރިވެފައެވެ.

އެމްއެސްއޯސީއަކީ 2023 ވަނަ އަހަރު ޔުނިސެފް މޯލްޑިވްސްއާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި ގުޅިގެން ދައުލަތުގެ ފަރާތްތަކާއި، މަދަނީ ޖަމިއްޔާތަކާއި، ޒުވާނުން ހިމެނޭހެން އުފައްދައިފައިވާ ސްޓިއަރިން ކޮމިޓީއެކެވެ. ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި އެކަމަށް ރައްދުދިނުމަށް ގައުމީ ފިޔަވަޅު އެޅުމުގެ ޕްލޭނެއް އެކުލަވާލުމަކީވެސް މިކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside