
އުފާވެރިކަމުގެ މިންގަނޑު އެކުލަވާލުމާ ބެހޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ-
އުފާވެރިކަމުގެ މިންގަނޑެއް (ހެޕިނެސް އިންޑެކްސް) ކަނޑައެޅުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ މުވައްޒަފުންގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި މިނިސްޓްރީގެ ވެރިންނާއި އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު އޮތް މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ އުފާވެރިކަމުގެ މިންގަނޑުގެ މައިގަނޑު އަސާސްތަކާއި، އެ އަސާސްތަކުގެ ތެރޭގައި ހިމެނޭ ދާއިރާތަކުގެ މައްޗަށެވެ.
އެގޮތުން މިއަދުގެ މަސައްކަތު ބައްދަލުވުމުގައި ވަނީ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނުން މުހިންމު ކަންކަމާއި، ދާއިރާތަކުގައި ހިމެނިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
ގުޅުންހުރި

ތޮއްޑޫ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 50 ކައުންސިލް ޢިމާރާތުގެ ފިޒިބިލިޓީ ހެދުމުގެ މަސައްކަތް ފެށިގެން ކުރިޔަށް!

ގއ އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރާއި ހިއްސާކޮށްފި
