
ރާއްޖެ ފަދަ ޤައުމުތަކުން ކުރާ މަސްވެރި ކަމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލުހޯދުމަށް ރާއްޖެއިން ގޮވާލައިފި
# މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ-
ރާއްޖެ ފަދަ ޤައުމުތަކުން ކުރާ މަސްވެރި ކަމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލުހޯދުމަށް ދިވެހިރާއްޖޭން ގޮވާލައިފި އެވެ.

ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސް ގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސައިން ޝަރީފް ވަނީ ރާއްޖެ ފަދަ ޤައުމުތަކުން ކުރާ މަސްވެރި ކަމަށް ދިމާވާ ގޮންޖެހުންތަކަށް ވަކާލާތު ކުރައްވާފަ އެވެ. އަދި މަސްވެރިކަމަށް ކުރިމަތިވާ މާކެޓް އެކްސެސް ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށްވެސް ސްޓޭޓް މިނިސްޓަރ ވަކާލާތު ކުރެއްވި އެވެ.
އައި.އޯ.ޓީ.ސީ ގައި ދިވެހިރާއްޖޭން މަސްވެރިކަމުގެ ސެޓްފިކެޓްތަކަށް އޮތް ޑިމާންޑަށް ވަކާލާތު ކުރިގޮތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ މިކަމަކީ މިއީ ކުދި ޖަޒީރާ ތަރައްޤީވަމުން އަންނަ ދައުލަތަކުން އެކަނި އުފުލަން ޖެހޭ ބުރައަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.
އިކޯލެބެލިން ގައިޑްލައިންތައް އިސްލާހު ކުރުމަށް އެފްއޭއޯއިން އެޅި ފިޔަވަޅަށް މަރުހަބާ ވިދާޅުވެ ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސައިން ޝަރީފް ވިދާޅުވީ ދިވެހިރާއްޖެއަށް މި ވަގުތު އެންމެ މުހިއްމީ އިންސާފުވެރި، ހާމަކަން ބޮޑު، ސެޓްފިކެޓް ދިނުމުގައި މަސްވެރިން މަސްވެރިންނަށްޓަކައި ބިނާކޮށްފައިވާ ނިޒާމެއް ކަމަށެވެ. އަދި އެ ނިޒާމް ވާންވާނީ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންމެ ކުދި ފަންތީގެ މަސްވެރިކަމަށްވެސް ބިނާވާ ނިޒާމަކަށް ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ގުޅުންހުރި

ފަގީރުކަން ނައްތާލުމަށާއި ކާބޯތަކެތީގެ ރައްކާތެރިކަން ގާއިމް ކުރުމަށް ކަނޑުން ލިބޭ ކާނާ މުހިންމު!

ބައިނަލްއަގުވާމީ މައިދާންތަކުގައި ކުދި މަސްވެރި ސިނާއަތުގެ ވާހަކަ ދައްކަން ޖެހޭ: ޝިޔާމް
-1749747391950%20(1).webp&w=3840&q=75)
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާއި އެއްވެސް ޤައުމަކަށް އެކަނި ކުރިމަތިނުލެވޭނެ!
