
ރާއްޖެއާއި އޮމާންއާއި ދެމެދު ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި
# އެންވަޔަރަމަންޓް މިނިސްޓްރީ-
ރާއްޖެއާއި އޮމާންއާއި ދެމެދު ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ ރާއްޖޭގެ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހީމްއާއި އޮމާނު ސަލްޠަނާގެ ތިމާވެށީގެ އޮތޯރިޓީގެ ޗެއަރމަން އަދި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓްގެ ރައީސް ޑރ. ޢަބްދުﷲ ބިން ޢަލީ އަލް-ޢަމްރީ އާއި ދެމެދު ކުރިޔަށް ދިޔަ ޚާއްސަ ބައްދަލުވުމެއްގައި އެވެ.
މި ބައްދަލުވުން އޮތީ މިހާރު ފްރާންސްގެ ނިސް ސިޓީގައި ފެށިގެން ކުރިޔަށްދާ އ.ދ.ގެ އޯޝަން ކޮންފަރެންސް 2025 ގެ ހަވާސާގައި އެވެ.
އެންވަޔަރަމެންޓު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
އަދި މިނިސްޓަރ ޠާރިޤް މިފަދަ މުހިންމު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަކީ ރާއްޖޭގެ ބައިނަލްއަޤްވާމީ ގުޅުންތައް ހަރުދަނާކޮށް، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ފްރާންސްގައި ކުރިއަށްދާ ޔޫއެން އޯޝަން ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސް ވެރިންނާއި ތިމާވެށީގެ ދާއިރާގެ މާހިރުން ބައިވެރިވެ ވަޑައިގަންނަވައެވެ.
ގުޅުންހުރި

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް 'ބިޔޯންޑް ޕްލާސްޓިކް ފެސްޓިވަލް' ބާއްވައިފި

މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ އަންނަ މަހު!

ޕްލާސްޓިކް މަދުކުރުމުގެ ބައިނަލްއަޤްވާމީ މުއާހަދާއަކަށް ރާއްޖެއިން ތާއީދުކޮށްފި
