
ޣައްޒާއަށް އެހީ ހިފައިން ދަތުރުކުރަމުންދާ "މެޑްލީން" ހުއްޓުވަން އިސްރާއީލު އަސްކަރިއްޔާއަށް އަމުރުކޮށްފި
# ޣައްޒާއެހީ ހިފައިން ދަތުރުކުރަމުންދާ "މެޑްލީން" އަށް ޣައްޒާގެ ކަނޑުގެ ސަރަހައްދަށް ނުވަދެވޭނެކަން އަންގައިފި އެވެ.

ފްރީޑަމް ފްލޮޓީލާ ކޯލިޝަން (އެފްއެފްސީ)ގެ ބޯޓް 'މެޑްލީން' ޣައްޒާއަށް މިއަދުގެ ވަގުތެއްގައި ފޯރާނެ ކަމަށް ރިޕޯޓުތައް ބުނަމުން ދަނިކޮށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ކާޓްޒް އެކްސްގައި ބުނީ އެ ބޯޓު ހުއްޓުވަން އިޒްރޭލުގެ އަސްކަރިއްޔާއަށް އަންގަވާފައިވާ ކަމަށާއި އެކްޓިވިސްޓުން އެނބުރި ދިއުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަދި ޣައްޒާގައި ކަނޑުގެ ސިފައިންގެ ހުރަސްތަކާ ހިލާފުވުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި އިންސާނީ ހައްގުތަކަށް ވަކާލާތްކުރާ 12 ބައިވެރިންނާއެކު ޖޫން 1 ގައި ސިސިލީގެ ކެޓާނިއާ ބަނދަރުންފުރި ބޯޓް މިހާރު އޮތީ މިޞްރުގެ އައްސޭރުގައި އެވެ. އެގޮތުން އެބޯޓު ޣައްޒާގެ ކަނޑުގެ ސަރަހައްދާއި ދިމާލަށް މިސްރާބު ޖަހާފައިވާއިރު އެބޯޓުގެ މަތިން އިސްރާއީލުގެ އަސްކަރީ ޑްރޯންތަކެއް އުދުހެމުންދާ ކަމަށް އެބޯޓުގައި ތިބި އެކްޓިވިސްޓުން ދަނީ ބުނަމުންނެވެ.
މި ބޯޓުގައި ސްވިޑެންގެ މަޝްހޫރު ތިމާވެށި އެކްޓިވިސްޓް ގްރޭޓާ ތަމްބާގްވެސް ދަނީ ޣައްޒާއަށް ދިޔުމަށް ދަތުރުކުރަމުންނެވެ.
މެޑްލީންއިން ޣައްޒާއަށް ދަތުކުރަމުންދަނީ އެއް ޓަނުގެ އިންސާނީ އެހީ ހިފައިންނެވެ. އެގޮތުން އޭގެ ތެރޭގައި ގިނައީ ސިއްހީ އެހީތައްކަމަށް ރިޕޯޓުތައް ބުނެއެވެ.
ގުޅުންހުރި

ޔަހޫދީން ޣައްޒާއަށް އަލުން ހަމަލާ ދޭން ފެށިތާ އަދި 12 ގަޑިއިރު ނުވޭ: މިހާތަނަށް 63 މީހަކު ޝަހީދުކޮށްލައިފި

ޔަހޫދީންގެ ހަމަލާތައް އަމާޒުކުރަމުންދަނީ ޣައްޒާގެ ރެފިއުޖީ ކޭމްޕުތަކަށް، އެމެރިކާ އޮތީ ހަނު!

ޔަހޫދީން އެއްބަސްވުމާއި ހިލާފުވެއްޖެ: ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ އެތައްބަޔަކު ޝަހީދުކޮށްލައިފި





