
-
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ފަރީދު އަހްމަދު ކުއްލި ގޮތަކަށް އަވަހާރަވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝެއިހް ފަރީދު އަވަހާރަވެފައިވަނީ މިއަދުގެ ވަގުތެއްގައި މެލޭޝިއާއަށް ވަޑައިގެންނެވިތާ ގިނަ އިރުތަކެއް ނުވަނީހެވެ. އެގޮތުން ޝައިހް ފަރީދު މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުން އިމިގްރޭޝަން ކައުންޓަރުތަކާއި ހަމައަށް ވަޑައިގަންނަވަނިކޮށް ވެއްޓިވަޑައިގަތުމުން އޭނާއަށް އަވަސް ފަރުވާ ދީފައިވާ ކަމަށާއި ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން އަވަހާރަވީ ކަމަށް މައުލޫމާތު ލިބެއެވެ.
ޝައިހް ފަރީދު މެލޭޝިއާއަށް ވަޑައިގެންނެވީ އެގައުމުގައި އޮތް އިސްލާމީ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.
ޝައިހް ފަރީދުގެ ހަށިގަނޑާއި ހަވާލުވުމަށް ރާއްޖޭގެ ހައިކޮމިޝަންގެ ޓީމެއް މިހާރު ވަނީ ކުއަލަ ލަމްޕޫރު އެއާޕޯޓަށް ގޮސްފައި އެވެ.
ޝެއިހް ފަރީދު ފާހަގަކުރެވެނީ ރާއްޖޭގައި އެންމެ ގިނަ ބަޔެއްގައި މަގްބޫލުކަން ހޯދި އެއް ޝޭހުގެ ގޮތުގައި އެވެ. އެގޮތުން ޝެއިހް ވަނީ ސިޔާސީ ދާއިރާގައިވެސް މީގެ ކުރީން ވަރަށް އިސްކޮށް ހަރަކާތްތެރިވެފައި އެވެ.
ގުޅުންހުރި

ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ ގޮތުން 'އައި އެމް މޯލްޑިވްސް' ގެ ނަމުގައި ރޯޑް ޝޯއެއް މެލޭޝިޔާގައި ބާއްވައިފި
.webp&w=3840&q=75)
މެލޭޝިޔާގެ ދިވެހި ދަރިވަރުންގެ ޖަމިއްޔާއަށް އިންތިހާބުވި އެކްސްކޯގެ މެމްބަރުންނާއި މަޤާމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފި

މެލޭޝިޔާގައި ބާއްވާ އިސްލާމިކް ގަވާނަންސް ކޯހުގެ ބައިވެރިވާ ދިވެހި ވަފުދު ފުރައިފި




