
ބައިނަލްއަގްވާމީ ޤުރްއާން މުބާރާތެއްގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު!
# މެލޭޝިޔާ# ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު# ޤުރްއާން މުބާރާތްކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ތެރެއިން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މެލޭޝިޔާގައި ބާއްވާ ބައިނަލްއަގްވާމީ ގުރްއާން މުބާރާތް "މެލޭޝިޔާ އިންޓަނޭޝަނަލް އަލްޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެންބްލީ" ގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ބުނީ މި މުބާރާތުގައި ރާއްޖެ ތަމްސީލްކުރަން ލިބިފައިވާ ފުރުސަތައް ޝައުގުވެރިވާ ފަރާތްތަކުންނަށް އެ ފުރުސަތު އެ މަރުކަޒުން ހުޅުވާލާފައިވާ ކަމަށެވެ.
މި މުބާރާތުގައި ބައިވެރިކުރުމަށް 2 ބައިވެރިންނަށް ފުރުސަތު ލިބިފައިވާއިރު، އެއީ އަންހެން ބައިވެރިއަކާއި ފިރިހެން ބައިވެރި އެކެވެ. އަދި މުބާރާތުގައި ބައިވެރިވެވެނީ މުޅި ގުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ބަޔާއި، މުޖައްވަދުކޮށް ތިލާވަތުކުރުމުގެ ބައެވެ. މީގެތެރެއިން ހިތުން ކިޔެވުމުގެ ބައިގައި ބައިވެރިވެވޭނީ 13 އަހަރާއި 25 އަހަރާ ދެމެދުގެ ހާފިޒުންނަށެވެ. އަދި މުޖައްވަދު ބައިގައި ބައިވެރިވެވޭނީ 18 އަހަރާއި 50 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ.މި މުބާރާތުގައި ބައިވެރިވުމުގެ އާންމު ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، ކުރީގައި މި މުބާރާތުގައި ބައިވެރިވެ އެއްވަނަ ހާސިލުކޮށްފައިވާ ފަރާތަކަށްނުވުން އަދި މި މުބާރާތުގައި ފާއިތުވެދިޔަ 3 އަހަރު ބައިވެރިވެ، މުބާރާތުގައި ކިޔަވާފައިވާ ފަރާތަކަށްނުވުން ހިމެނެ އެވެ.ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުން ބުނީ މުބާރާތުގައި ކިޔެވުމަށް މެލޭޝިއާއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި ކޮލިފައިންގ ބުރުން ފާސްވާ ދެ ބައިވެރިންނެވެ. އަދި އޮންލައިން ސްކްރީން އޮންނަ ދުވަހާއި ގަޑިއާއި ބައިވެރިވާންޖެހޭ ގޮތް ކަނޑައަޅައި ކޮންމެ ބައިވެރިއަކަށްވެސް މުބާރާތް އިންތިޒާމްކުރާ ފަރާތުން އަންގާނެ ކަމަށެވެ.މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 20 މާރިޗު 2026 ވާ ހުކުރު ދުވަހުގެ 15:00 ގެ ކުރިން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅާފައިވާ ގޫގުލް ފޯމު މެދުވެރިކޮށް ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 4 އިން 10 އަށް މެލޭޝިޔާގެ ވެރިރަށް ކުއަލަލަންޕޫރުގަ އެވެ.މީގެ ކުރިން 2024 ވަނައަހަރު ބޭއްވި 64 ވަނަ މެލޭޝިއަން އިންޓަނޭޝަނަލް އަލްޤުރުއާން ރިސައިޓޭޝަން އެންޑް މެމޮރައިޒޭޝަން އެސެމްބްލީގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ފާތިމަތު ޝާޔާ ޒާހިރު ވަނީ 3 ވަނަ ހޯދާފަ އެވެ. ޝާޔާއަށް މި މުބާރާތުން 3 ވަނަ ލިބުނީ ހިފްޒު ބައިންނެވެ.
ގުޅުންހުރި

ބައިނަލްއަގްވާމީ ޤުރްއާން މުބާރާތެއްގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު!

ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓު އިފްތިތާޙްކޮށްފި

ޔޫޕީއެސްއައި ދަރިވަރުން ގޮވައިގެން ދަތުރުކުރަނިކޮށް އެކްސިޑެންޓުވި ބަހުގައި ތިބީ 21 އަހާއި 23 އަހަރާއި ދެމެދުގެ ކުދީން!

.gif&w=3840&q=75)



