
އދ ގެ އޯޝަން ކޮންފަރެންސްގައި ބައިވެރިވުމަށް މިނިސްޓަރު ތޯރިގް ފްރާންސަށް!
# އެންވަޔަރަމަންޓް މިނިސްޓްރީ-
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤު އިބްރާހީމް، ފްރާންސްގެ ނިސް ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ.ގެ އޯޝަން ކޮންފަރެންސް 2025 ގައި ބައިވެރިވެ ވަޑައިގަތުމަށް މިއަދު ފުރާވަޑައިގަންނަވައިފި އެވެ.

އ.ދ.ގެ އޯޝަން ކޮންފަރެންސަކީ ކަނޑުތަކާއި ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމާއި، މިކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމެވެ. މީގެ އިތުރުން، އ.ދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ 14 ވަނަ ލަނޑުދަނޑި ޙާޞިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސްކުރުމަށްވެސް ބާއްވާ ކޮންފަރެންސެކެވެ.
މިނިސްޓަރ ޠާރިޤު އިބްރާހީމް މި ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމުން، ދިވެހިރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކާއި، ކަނޑުތަކާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އޯޝަން ކޮންފަރެންސް 2025 ގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ސަރުކާރުތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، އަމިއްލަ ޖަމާޢަތްތަކުގެ އިސް ފަރާތްތައް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މި ޖަލްސާ ކުރިއަށްދާނީ މެއި 26 އިން 30 ފުރާންސްގައެވެ.
ގުޅުންހުރި

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް 'ބިޔޯންޑް ޕްލާސްޓިކް ފެސްޓިވަލް' ބާއްވައިފި

މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ އަންނަ މަހު!

ޕްލާސްޓިކް މަދުކުރުމުގެ ބައިނަލްއަޤްވާމީ މުއާހަދާއަކަށް ރާއްޖެއިން ތާއީދުކޮށްފި
