logoEN
Sto top
ނޯތު ހާބަރު ތަރައްޤީކުރުމަށް އެމްޕީއެލްއާއިއެކު ސޮއިކޮށްފި

ނޯތު ހާބަރު ތަރައްޤީކުރުމަށް އެމްޕީއެލްއާއިއެކު ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

6/7/2025, 12:03:29 PM

# އެމްޕީއެލް

-

މާލޭގެ ނޯތު ހާބަރު ސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ހަރުދަނާ ކަމާއެކުދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ހިންގުމަށްޓަކައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑްސިވިލް އޭވިއޭޝަން އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި (އެމްޕީއެލް) ދެމެދުފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

Wamco

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގައި ބޭއްވުނު ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ކެޕްޓަން އަބްދުލް ލަތީފް މުހައްމަދެވެ. އަދި އެމްޕީއެލްގެފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުއީނެވެ.

މި އެއްބަސްވުމުގެ ދަށުން، މާލޭގެ ނޯތު ހާބަރު ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތާއި، އެ ސަރަޙައްދު ބެލެހެއްޓުމުގެ ޒިންމާތައް ކަނޑައެޅިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މިއީ ރާއްޖޭގެ އެންމެ މުހިންމު ވިޔަފާރި ބަނދަރުގެ ގޮތުގައިބެލެވޭ މާލޭ ނޯތު ހާބަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި މި މަޝްރޫޢުގެ ސަބަބުން މާލޭގެ ނޯތު ހާބަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިއަށް ފަހި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވެސް މިނިސްޓްރިން ބުނެއެވެ. އަދި މިކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް އިތުރުކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް ބެލެވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside