
-
ށ. ފުނަދޫ އެއާޕޯޓް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

ފުނަދޫ އެއާޕޯޓު ހިންގުމާއި ހަވާލުވެފައިވާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައީއޭސް) އިން މިއަދު ނެރުނު އިއުލާނެއްގައ ބުނީ އެ އެއާޕޯޓްގެ އޮޕަރޭޝަންސްތައް ވަގުތީ ގޮތުން މެދުކަނޑާލީ ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން ކަމަށެވެ. އެހެންވެ އެ މައްސަލައާ ހެދި ފުނަދޫ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާފައިވާކަންވެސް ވަނީ ހާމަކޮށްފައެވެ.
މިކަމާ ގުޅިގެން ދަތުރުތަކަށް ބުރީ އެރި މީހުންނަށް ގޮތްތަކެއް ހަމަޖައްސައި ދޭން މަސައްކަތް ކުރަމުން ދާ ކަމަށާއި އަދި މިކަމާ ގުޅިގެން މައާފަށް އެދޭ ކަމަށް ވެސް ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓްކުރާ ކުންފުނިން ބުންޏެވެ.
އިތުބާރު ހުރި ބައެއް މަސްދަރުތަކުން މައުލޫމާތު ދޭގޮތުގައި ފުނަދޫގައި އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލީ އެއާޕޯޓުގެ ފަޔާ ޓްރަކަށް ދިމާވި މައްސަލަ އަކާއި ގުޅިގެންނެވެ. ރާއްޖޭގެ އޭވިއޭޝަން ގާނޫނު ބުނާގޮތުން ނަމަ ފްލައިޓެއް އެއާޕޯޓަކަށް ޖައްސާ ވަގުތު އާއި ފުރާވަގުތުގައި އެއާޕޯޓުގެ ފަޔާ ޓްރަކްތައް ތައްޔާރީ ހާލަތުގައި ތިބުން މަޖުބޫރެވެ.