
--
ރ. އަތޮޅުގައި ގައި ރާއްޖެ ޓްރާންސްޕޯޓު ލިންކް، އާރްޓީއެލް ފެރީގެ ޚިދުމަތް މިމަހު ފެށުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ފަށައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ ހިދުމަތް ފެށުމަށްޓަކައި އެމިނިސްޓްރީއާއި އެމް.ޓީ.ސީ.ސީގެ މުވައްޒަފުން އެ އަތޮޅަށް ކޮންސަލްޓޭޝަން ދަތުރުތަކެއް ފަށާފައިވާ ކަމަށެވެ.
އިންޓަގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގައި، ރ. އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކޮށް ރަށު ކައުންސިލްގެ އިދާރާތަކާއި ރަށުގެ މުހިންމު މުއައްސަސާތަކުގެ ބޭފުޅުންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީން ބުނީ ދަތުރުގެ މައިގަނޑު މަޤްޞަދަކީ ރ. އަތޮޅުގެ ރަށްރަށުގައި ފެރީ ގިމަތަ އެޅުމަށް އެންމެ އެކަށީގެންވާ ސަރަޙައްދުތައް ދެނެގަތުމާއި، އެކަމަށް ބޭނުންވާ ބިން ހަމަޖެއްސުމުގެ މަސައްކަތް ކުރުން ކަމަށާއި މިއީ އާރް.ޓީ.އެލް ފެރީ ޚިދުމަތް ފެށުމުގެ ކުރިން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ގެ ސަރުކާރުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި ޚިދުމަތް ފެށުމުން ރ.އަތޮޅުގެ ރައްޔިތުންނަށް ފަސޭހަކަމާއިއެކު އަތޮޅުގެ އެކި ރަށްރަށަށް ދަތުރުކުރެވޭނެއެވެ. މި މަޝްރޫޢުގެ ދަށުން ރ. އަތޮޅުގެ ހުރިހާ ރަށަކަށް ޤަވާޢިދުން ފެރީ ދަތުރުތައް ކުރެވޭނެ ގޮތަށް ތާވަލެއް އެކުލަވާލެވޭނެއެވެ.
ގުޅުންހުރި

މިނިސްޓަރ އަމީން ދުނިޔޭގެ މެރިޓައިމް ކޮންފަރެންސުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް!

ޓްރާންސްޕޯޓް މިނިސްޓްރީއާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު ފަހުމުނާމާއެއް!

ރާއްޖެއާއި އިންޑިއާއި ދެމެދު އޭވިއޭޝަން ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި
