logoEN
Sto top
އީދު ދުވަހަކަސް ޔަހޫދީންގެ އަނިޔާވެރިކަމަށް ނިމުމެއް ނެތް: މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާ އިން 34 މީހަކު ޝަހީދުކޮށްލައިފި

އީދު ދުވަހަކަސް ޔަހޫދީންގެ އަނިޔާވެރިކަމަށް ނިމުމެއް ނެތް: މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާ އިން 34 މީހަކު ޝަހީދުކޮށްލައިފި

އަހުމަދު ޝުރާއު

logo

6/6/2025, 3:15:35 PM

# ޣައްޒާ

މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާ އިން 34 މީހަކު ޝަހީދުކޮށްލައިފި އެވެ.

Wamco

ޣައްޒާއަށްވެސް މިއަދަކީ އަޟްހާ އީދު ދުވަހެވެ. ނަމަވެސް މިއަދުވެސް ވެގެން ގޮސްފައިވަނީ ޣައްޒާގެ ރައްޔިތުންނަށް ބިރުވެރި ދުވަހަކަށެވެ.

ޔަހޫދީން ފަތިހުން ފެށިގެން މިވަގުތާއި ހަމައަށް ޣައްޒާއިން 34 މީހަކު ޝަހީދުކޮށްލާފައިވާއިރު އެންމެ ގިނަ ބަޔަކު ޝަހީދުކޮށްލާފައިވަނި ޚާން ޔޫނުސްއަށް ދިން ވައިގެ ހަމަލާތަކުގައި އެވެ. ޚާން ޔޫނުސްގެ ގެތަކަށް ޔަހޫދީން ވައިގެ މަގުން ދިން ހަމަލާތަކާއި އެކު ޝަހީދުވި 16 މީހަކު ވަނީ ނަސާރު ހޮސްޕިޓަލަށް ގެންގޮސްފައި އެވެ.

އަދި އަލް ޝިފާ ހޮސްޕިޓަލަށް ފުރާނެ ނެތް 11 މީހެއްގެ ހަށިގަނޑު ގެންގޮސްފައިވާއިރު އަހްލީ ހޮސްޕިޓަލަށް 5 މީހެއްގެ ހަށިގަނޑު މިހާތަނަށް ވަނީ ގެންގޮސްފައި އެވެ.

ޔަހޫދީން ދަނީ ޣައްޒާގެ ރައްޔިތުން އީދުގެ އުފަލުން މަހުރޫމުކުރުމަށް އަދިވެސް އެތަކެއް ހަމަލާތަކެއް ދެމުންނެވެ. އެގޮތުން ޣައްޒާގެ ނޫސްވެރިއެއްގެ އާއިލާއަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ނޫސްވެރިޔާގެ އާއިލާގެ 60 މީހަކު ބިމާއި ހަމަވެފައިވާ ކުނިތަކުގެ ދަށުގައި ތިބި ކަމަށް ގުދުސް ނިއުސް ނެޓްވޯކުން ދާދި ދެންމެ އަކު ވަނީ ރިޕޯޓުކޮށްފައި އެވެ.

އަދި ޚާން ޔޫނުސްއަށްވެސް ދާދި ދެންމެ އަކު ވަރުގަދަ ހަމަލާއެއް ވަނީ ދީފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside