
މިއަދު ހަވީރު ވެހިކަލް ދުއްވުން މަނާވާނީ މާލެއާއި ވިލިމާލޭގައި- ފުލުހުން
# ދިވެހި ފުލުހުންގެ ޙިދުމަތް--
މިއަދު ރާއްޖޭގައި ފާހަގަކުރާ އަޟްހާ އީދު ދުވަހުގެ މުނާސަބަތުގައި މާލެ ސަރަހައްދުން ވެހިކަލްތައް ދުއްވުން މަނާކޮށްފައިވަނީ މާލެއާއި ވިލިމާލޭގައި ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން މިހެން ހާމަކުރި އިރު މިދިޔަ ބުދަ ދުވަހު މާލެ ސިޓީ ކަައުންސިލުން ވަނީ ޢީދު ދުވަހުގެ ހަވީރު 16:00އިން 18:00އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހައި މަގުތަކުގައި، ދުއްވާ އެއްޗެހި ދުއްވުން މަނާ ކަމެއް ކަމުގައި ކަނޑައަޅާފައި އެވެ.
ނަމަވެސް ފުލުހުން މިއަދު ރަސްމީކޮށް ކުރި އިއުލާނެއްގައި ބުނީ މިއަދުގެ ހަވީރު 16:00 އިން 18:00 އަށް ވެހިކަލް ދުއްވުން މަނާކޮށްފައިވަނީ މާލެ އާއި ވިލިމާލޭގައި އެކަނި ކަމަށެވެ.
ފުލުހުންގެ މި ނިންމުމާއި ގުޅިގެން އަދި މިހާތަނަށް ކައުންސިލުން ރަސްމީ ބަހެއް ބުނެފައި ނުވާއިރު މިދިޔަ ފިތުރު އީދު ދުވަހުވެސް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން ކައުންސިލުން މާނަކޮށްފައި ވަނިކޮށް ފުލުހުންނާއި ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އެކަން އުވާލައި ވެހިކަލްތައް ދުއްވުމުގެ ހުއްދަ ދީފައި އެވެ.
މާލެ ސިޓީ ކައުންސިލުން ބުދަ ދުވަހު ކުރި ޢާންމު އިޢުލާނެއްގައި ބުނެފައިވަނީ، އެ ވަގުތުތަކުގައި ދުއްވާ އެއްޗެހި ދުއްވުން މަނާކުރި ނަމަވެސް، އިމަޖެންސީ ހާލަތްތަކުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްޞަ ސްޓިކާ، އެ ކައުންސިލްގެ ޢާއްމު ޚިދުމަތާއި ބެހޭ ބައި (ތައިސޭކޮށިން) ދޫ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ގޮތުން، ސްޓިކާ ދޫކުރުމަށް ހަމަޖެހިފައިވަނީ، ޖޫން 6 ވަނަ ދުވަހުގެ ހެނދުނު 8:30 އިން 10:30 އަށް އަދި، އެ ދުވަހުގެ މެންދުރު ފަހު 14:00 ން 15:45 އަށް ކަމަށް ވެސް އެ އިޢުލާންގައި ބުނެފައިވެއެވެ.
ކައުންސިލުން ބުނީ މި ނިންމުމަކީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 150 ވަނަ ރަސްމީ ޢާންމު ޖަލްސާއިން ފާސްކޮށްފައިވާ ނިންނުމެއް ކަމަށާއި މި ނިންމުގައިވާ ގޮތުން، ކޮންމެ އަހަރެއްގެ ވެސް ފިތުރު ޢީދު ދުވަހާއި އަޟްޙާ ޢީދު ދުވަހު، ހަވީރު 16:00ން 18:00އަށް، މާލެ ސިޓީގެ މަގުތަކުގައި ދުއްވާ އެއްޗެހި ނުދުއްވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ގުޅުންހުރި

މަނާ ވަގުތުގައި ވެހިކަލް ދުއްވައިގެން 11 މީހަކު ޖޫރިމަނާކޮށް 3 ވެހިކަލް ޓޯކުރި!

މިއަދު ހަވީރު ވެހިކަލް ދުއްވުން މަނާވާނީ މާލެއާއި ވިލިމާލޭގައި- ފުލުހުން

އިންޓަރނެޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ރައްކާތެރިކަމާއެކު ބޭނުންކުރުމާ ގުޅޭގޮތުން ޣާޒީ ސްކޫލު ދަރިވަރުންނަށް މައުލޫމާތު ދީފި
