
ލާމުގެ ފަޅުރަށެއް ކައިރިއަށް މަސް ހިފަން ފޭބި މީހަކު ނިޔާވެފައި އޮތްވާ ފެނިއްޖެ
# ދިވެހި ފުލުހުންގެ ޙިދުމަތްލ އަތޮޅު
ލާމުގެ ފަޅުރަށެއް ކައިރިއަށް މަސް ހިފަން ފޭބި މީހަކު ނިޔާވެފައި އޮތްވާ ފެނިއްޖެ އެވެ.

ފުލުހުން މިއަދު ބުނޫ ލ ގަން ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ މަހަކަންފުށީ ކައިރިއަށް މަސް ހިފަން މޫދަށް ފައިބާ އުޅުނު މީހަކު ހެއްލިފައިވާ މައްސަލަ މިއަދު 09:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން އެމީހާ ހޯދަމުން ދަނިކޮށް މިއަދު 11:00 އެހާކަންހާއިރު ގެއްލުނު ސަރަހައްދުގެ މޫދުން އެމީހާ ފެނިފައިވާ ކަމަށާއި ފެނުނު އިރުވެސް އެމީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި އޮއްވާ ފެނިފައި ވަނީ ލ.ގަން (ތުނޑީ ފެސްފަރީ) އަބުދުލްސަމަދު މުހައްމަދުއެވެ.
ފުލުހުން ބުނީ މި ކަމާއި ގުޅިގެން ބަލަން ޖެގޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ގުޅުންހުރި

މަނާ ވަގުތުގައި ވެހިކަލް ދުއްވައިގެން 11 މީހަކު ޖޫރިމަނާކޮށް 3 ވެހިކަލް ޓޯކުރި!

މިއަދު ހަވީރު ވެހިކަލް ދުއްވުން މަނާވާނީ މާލެއާއި ވިލިމާލޭގައި- ފުލުހުން

އިންޓަރނެޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ރައްކާތެރިކަމާއެކު ބޭނުންކުރުމާ ގުޅޭގޮތުން ޣާޒީ ސްކޫލު ދަރިވަރުންނަށް މައުލޫމާތު ދީފި
