
މަނާ ވަގުތުގައި ވެހިކަލް ދުއްވައިގެން 11 މީހަކު ޖޫރިމަނާކޮށް 3 ވެހިކަލް ޓޯކުރި!
# ދިވެހި ފުލުހުންގެ ޙިދުމަތް--
މިއަދު ފާހަގަކުރަމުންދާ އަޟްހާ އީދު ދުވަހާއި ގުޅިގެން މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކޮށްފައިވަ ގަޑީގައި ވެހިކަލް ދުއްވި 11 މީހަކު ޖޫރިމަނާކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އީދު ދުވަހާއި ގުޅިގެން މިއަދު ހަވީރު 16:00 އިން 18:00 އަށް މާލޭގައި ފުލުހުންގެ ޕްރިސެންސް އިތުރު ކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އެވެގުތަކީ މާލެއާއި ވިލިމާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފައިވާ ވަގުތެކެވެ.
އެގޮތުން ވެހިކަލް ދުއްވުން މަނާ ވަގުތުގައި ވެހިކަލް ދުއްވުމާއި ގުޅިގެން 141 މީހަކަށް ނަސޭހަތް ދެވުނު ކަމަށް ފުލުހުން ބުނެއެވެ. އަދި 11 މީހަކު ވަނީ ޖޫރިމަނާކޮށްފައި އެވެ.
މީގެ އިތުރުން ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން އެއް ފަރާތެއްގެ އުޅަނދު ޓޯކޮށްފައިވާއިރު ލައިސެންސް މުއްދަތަ ހަމަވެފައި އޮއްވާ ދުއްވުމުގެ ސަބަބުން އެއް ފަރާތުގެ ވެހިކަލް ވަނީ ޓޯކޮށްފައެވެ. އަދި އެއްގޮތަކަށްވެސް ލައިސެންސް ނެތި ދުއްވި މީހެއްގެ އުޅަނދުވެސް ޓޯކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
ކޮންމެ އީދަކާއި ދިމާކޮށްވެސް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކުރެއެވެ.
ގުޅުންހުރި

ރައްޔިތުން އެދެނީ ރައްކާތެރިކަން ކަށަވަރުވާން، އެކަން ކުރާނީ ދިވެހި ފުލުހުން: އިހްސާން

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ދިވެއްސަކު ހޯދަނީ

ޕޯސްޓްގެ ނަމުގައި، މެސެޖުތަކެއް ދައުރުވާތީ އެކަމަށް ސަމާލުވުމަށް އެދިއްޖެ





