
-
20 ވަނަ އޭސިއަން ކްލީން އެނަރޖީ ފޯރަމް (އޭސީއީއެފް) ގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

އެންވަޔަރަމެންޓު މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ވަފުދެއް 20 ވަނަ އޭސިއަން ކްލީން އެނަރޖީ ފޯރަމްގައި ބައިވެރިވެ، ސާފު ހަކަތައަށް ބަދަލުވުމާއި ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށް ދިވެހިރާއްޖެއިން ދެމިހުރި ކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
މި ފޯރަމްގައި ދިވެހި ވަފުދުން ބައިވެރިވެ، ޕެނަލް މަޝްވަރާތަކުގައި ވަނީ ބައިވެރިވެފައި އެވެ. މި މަޝްވަރާތަކުގައި ދިވެހިރާއްޖެއިން ސާފު ހަކަތައަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތްތަކާއި، ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށް ގެންގުޅޭ ސިޔާސަތުތަކާ ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
ދިވެހިރާއްޖެއިން މި ފޯރަމްގައި ބައިވެރިވުމުގެ މައިގަނޑު މަޤްޞަދަކީ ސާފު ހަކަތައިގެ ދާއިރާގައި ކުރިއަރާފައިވާ ޤައުމުތަކާ ގުޅުން ބަދަހިކޮށް، އެ ޤައުމުތަކުގެ ތަޖުރިބާއިން މަންފާ ހޯދުމެވެ. އަދި ދިވެހިރާއްޖެއިން ސާފު ހަކަތައަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތްތައް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ހާމަކުރުމެވެ.
މި ފޯރަމްގައި ބައިވެރިވުމަކީ ދިވެހިރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން ބުނެއެވެ.
ގުޅުންހުރި

20 ވަނަ އޭސިއަން ކްލީން އެނަރޖީ ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ

ކެޓެނޭޓް މަޝްރޫޢުގެ ސްޓިއަރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ޤައުމީ އެޑެޕްޓޭޝަން ޕްލޭން ރޯޑްމެޕް ވެލިޑޭޓް ކުރުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
