logoEN
Sto top
މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތައް ދެނެގަތުމާއި ރިޕޯޓުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތައް ދެނެގަތުމާއި ރިޕޯޓުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

5/29/2025, 11:39:00 AM

# އެންވަޔަރަމަންޓް މިނިސްޓްރީ

--

ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން 27 މެއި 2025 ގައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތައް ދެނެގަތުމާއި ރިޕޯޓުކުރުމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

Wamco

މި ބައްދަލުވުމުގައި އެނަރޖީ އަދި ކުނީގެ ދާއިރާއިން މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތައް ދެނެގަތުމަށް ހުށަހަޅާފައިވާ މެތަޑޮލޮޖީ ހުށަހަޅައި، އެކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) އިން ފަންޑުކޮށް، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫއެންއީޕީ) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ "ކެޕޭސިޓީ ސްޓްރެންތެނިންގ ފޯ އިމްޕްރޫވްޑް ޓްރާންސްޕޭރަންސީ އޮފް ކްލައިމެޓް ޗޭންޖް މިޓިގޭޝަން އެންޑް އެޑެޕްޓޭޝަން އެކްޝަންސް އިން ދަ މޯލްޑިވްސް (ސީބީއައިޓީ މޯލްޑިވްސް)" މަޝްރޫޢުގެ ދަށުން ބޭއްވުނު ބައްދަލުވުމެކެވެ.

އެންވަޔަރަމެންޓު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގެ މަޤްޞަދަކީ ރާއްޖޭގެ ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) އާ އެއްގޮތްވާ ގޮތުގެމަތިން މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތައް ދެނެގަތުމަށް ތައްޔާރުކުރެވޭ މެތަޑޮލޮޖީ އާއި އިންޑިކޭޓަރތައް ހުށަހެޅުން ކަމަށާއި މީގެ އިތުރުން، މި ބައްދަލުވުމުގައި މުހިންމު އިންޑިކޭޓަރތަކާއި، އެސަމްޝަންތަކާއި، ބޭނުންވާ ޑޭޓާތަކާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންގެ ޚިޔާލު ހޯދާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ޖުމްލަ 38 ބައިވެރިން ބައިވެރިވިއެވެ. މީގެ ތެރޭގައި ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓް، އެނަރޖީ ޑިޕާޓްމަންޓް، ވޭސްޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް، އެއަރ ކޮލިޓީ ޔުނިޓް، އަދި އޯޒޯން ޔުނިޓުގެ މަންދޫބުން ހިމެނެއެވެ. މީގެ އިތުރުން، އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)، ވާމްކޯ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އެސްޓީއޯ، އެމްއޭސީއެލް، އަދި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ މަންދޫބުން ބައިވެރިވިއެވެ.

މި ބައްދަލުވުމަކީ ސީބީއައިޓީ މޯލްޑިވްސް މަޝްރޫޢުގެ ދަށުން މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތައް ދެނެގަތުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުން ރިޔާން ޕްރައިވެޓް ލިމިޓެޑާއި ގްރާންޓް ތޯންޓަން ބަރަތް އެލްއެލްޕީ ގުޅިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.

މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތައް ދެނެގަތުމަށް ބޭނުންކުރާނެ ޓޫލްތައް ތައްޔާރުކުރުމަކީ ޕެރިސް އެގްރީމަންޓުގެ އެންހޭންސްޑް ޓްރާންސްޕޭރަންސީ ފްރޭމްވަރކް (އީޓީއެފް) ގެ ޝަރުތުތައް ފުރިހަމަކުރުމަށް ރާއްޖޭގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މި ޓޫލްތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތައް މޮނިޓަރކޮށް، ވެލިޑޭޓްކޮށް އަދި ރިޕޯޓުކުރުމަށް އެހީތެރިވެދޭނެއެވެ. އަދި މޫސުމާ ގުޅޭ ގައުމީ ރިޕޯޓުތައް ތައްޔާރުކުރުމަށްވެސް މަގުފަހިވެގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside