logoEN
Sto top
ކެޓެނޭޓް މަޝްރޫޢުގެ ސްޓިއަރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ކެޓެނޭޓް މަޝްރޫޢުގެ ސްޓިއަރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

އަހުމަދު ޝުރާއު

logo

6/3/2025, 3:51:04 PM

# އެންވަޔަރަމަންޓް މިނިސްޓްރީ

-

ރާއްޖޭގެ މުރަކަތަކާއި އެއާ ގުޅިފައިވާ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކެޓެނޭޓް މަޝްރޫޢުގެ ސްޓިއަރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި އެވެ.

Wamco

އެންވަޔަރަމެންޓު މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ޤައުމީ އަދި ދުނިޔޭގެ ފެންވަރުގައި މުހިންމު ކަމަށް ބެލެވޭ ރާއްޖޭގެ މުރަކަތަކާއި އެއާ ގުޅިފައިވާ ނާޒުކު ވެށި ރައްކާތެރިކޮށް ދެމެހެއްޓުން ކަމަށާއި މިކަމަށްޓަކައި އެކުލަވާލެވިފައިވާ ސްޓިއަރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި މަޝްރޫޢުގެ މުހިންމު ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

ކެޓެނޭޓް މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ މުރަކަތަކާއި ކަނޑުގެ ދިރުންތައް ދިރާސާކޮށް، އެތަންތަން ރައްކާތެރިކުރުމަށް އެކި ފިޔަވަޅުތައް އެޅުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ރަށްރަށުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައްވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ސްޓިއަރިންގ ކޮމިޓީގެ މެންބަރުން ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި މަސްވެރިކަމަށްވެސް ދުރު މުސްތަޤުބަލެއްގައި ފައިދާތަކެއް ކުރާނެއެވެ. އަދި މި މަޝްރޫޢު ކާމިޔާބު ކުރުމަށްޓަކައި ސަރުކާރުގެ އެކި އިދާރާތަކާއި އަމިއްލަ ޖަމްޢިއްޔާތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside