logoEN
Sto top
ސްޕޯޓްސް މިނިސްޓްރީ އިން އިސްރަށްވެހިންގެ ނާދީއަށް ޓީޓީ ކުޅޭނެ ސާމާނު ހަދިޔާކޮށްފި

ސްޕޯޓްސް މިނިސްޓްރީ އިން އިސްރަށްވެހިންގެ ނާދީއަށް ޓީޓީ ކުޅޭނެ ސާމާނު ހަދިޔާކޮށްފި

އަހުމަދު ޝުރާއު

logo

6/4/2025, 8:10:43 AM

# ކުޅިވަރާއި ހަށިހެޔޮ ކަމާބެހޭ ވުޒާރާ

--

އިސްވެހިންގެ ނާދީއަށް ޓީޓީ ކުޅޭނެ ބައެއް ސާމާނު ކުޅިވަރާއި ބެހޭ ވުޒާރާއިން ހަދިޔާކޮށްފި އެވެ.

Wamco

އިސްރަށްވެހިންގެ ނާދީގެ ކަންކަން ބަލަހައްޓާ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ބުނީ އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް ޓޭބަލް ޓެނިސް ކުޅެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްޓަކައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ޓޭބަލް ޓެނިސް ކުޅުމަށް ބޭނުންވާ ތަކެތި އެވުޒާރާއާއި މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

އެގޮތުން އިސްރަށްވެހިންގެ ނާދީގައި ޓީޓި ކުޅިވަރު ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ޓޭބަލް ޓެނިސް އެކަޑެމީގެ އެހީތެރިކަމާއެކުއެވެ. މި ޕްރޮގްރާމްގެ ސަބަބުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް އިސްރަށްވެހިންނަށް މަގުފަހިވުމުގެ އިތުރުން، ޖީލުތަކުގެ މެދުގައި އޮންނަ ހުސްކަން ކުޑަކުރުމަށް ފުރުޞަތު ލިބިގެންދާނެ ކަމަށް ވުޒާރާއިން ބުނެއެވެ.

އިސްރަށްވެހިންގެ ނާދީއަކީ އިސްރަށްވެހިންގެ އިޖުތިމާޢީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ތަފާތު އެކި ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގަމުންދާ، އިސްރަށްވެހިންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ހޯދައިފާ މަރުކަޒެކެވެ. މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް އޮންނާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC