logoEN
Sto top
އީދު ދުވަހު ގްރޭޓަރ މާލެ އޭރިއާގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފި

އީދު ދުވަހު ގްރޭޓަރ މާލެ އޭރިއާގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފި

އަހުމަދު ޝުރާއު

logo

6/4/2025, 8:03:12 AM

# މާލެ ސިޓީ ކައުންސިލް

-

މިއަހަރުގެ އަޟްހާ އީދު ދުވަހުވެސް ގްރޭޓަރ މާލެ އޭރިއާގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.

Wamco

މިކަން ހާމަކޮށް މާލެ ސިޓީ ކައުންސިލުން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނީ 13 ޖޫން 2024 ވީ ބުރާސްފަތި ދުވަހު ބޭއްވުނު މާލޭ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 150 ވަނަ ރަސްމީ އާންމު ޖަލްސާއިން ވަނީ، ކޮންމެ އަހަރެއްގެވެސް ފިތުރު ޢީދު އަދި އަޟްޙާ ޢީދު މި ދެދުވަސް އެހެން ގޮތަކަށް ނިންމާފައި ނުވާކަމުގައިވާނަމަ މާލޭ ސިޓީގައި ވެހިކަލް ނުދުއްވާ ވަގުތެއްގެ ގޮތުގައި ހަވީރު 16:00 އިން 18:00 އަށް ހަމަޖެއްސުމަށް ނިންމާފައެވެ. މި ނިންމުމާއި ގުޅިގެން 1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ގްރޭޓަރ މާލޭގެ ޢާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ މަގުތަކެއްގެ ގޮތުގައި ވަނީ ނިންމާފައި ކަމަށް ކައުންސިލްގެ އިއުލާނުގައި ވެއެވެ.

އިއުލާނުގައި އިތުރަށް ބުނީ ވެހިކަލް ދުއްވުން މަނާ ގަޑީގައި އެމެޖެންސީ ޙާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްޞަ ސްޓިކަރ އެ ކައުންސިލްގެ ޢާންމު ޚިދުމަތާއި ބެހޭ ބައި (ތައިސޭކޮށި، މާލެ) 06 ޖޫން 2025 ވަނަ ދުވަހުގެ ހެނދުނު 08:30 އިން 10:30 އަށް އަދި މެންދުރުފަހު 14:00އިން 15:45 އަށް ދޫކުރާނެ ކަމަށެވެ.

މިއާއިއެކު ގްރޭޓަރ މާލެ އޭރިއާގެ މަގުތަކުގައި މަތީގައި އީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެއްކަމުގައި ޢާންމުކޮށް އަންގާ އިއުލާނުކުރާ ކަމަށާއި އަދި މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ކައުންސިލްގެ އިއުލާނުގައި ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside