.webp&w=3840&q=75)
--
މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ، މައްޗަންގޯޅި އާސަހަރާ އާއި ހުޅުމާލެ ސަހަރާ ސާފުކޮށް ރީތި ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ކައުންސިލުން މި ދެ ސަހަރާ ސާފުކޮށް ރީތި ކުރުމުގެ މަސައްކަތް ކުރަނީ، ކައުންސިލުން މި ކަމަށް ޚާއްޞަ ޓީމެއް ނަގައިގެންނެވެ.

މާލެ ސިޓީ ކައުންސިލުން، މި ދެ ސަހަރާ ރީތިކޮށް ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ، ހޯމަ ދުވަހުއެވެ. އެ ގޮތުން މި ދެ ސަހަރާގެ ޤަބުރުސްތާން ތެރޭގައި ފަޅައިފައިވާ ވިނަތައް ނޮޅުމާއި ކުދި ގަސްތައް އުފުރާއި ސާފުކޮށް ރީތި ކުރުމުގެ މަސައްކަތް، މި ޖޫން މަހުގެ ނިޔަލަށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މާލެ ސިޓީގެ މިސްކިތްތަކާއި ސަހަރާތަކަކީ، ސާފުތާހިރު ތަންތަނުގެ ގޮތުގައި ހެދުމަކީ މާލެ ސިޓީ ކައުންސިލްގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ ގޮތުން މިސްކިތްތަކާއި ސަހަރާތަކުގައި ރަނގަޅު ކުރަންޖެހޭ ކަމެއް ހުރިނަމަ އެ ކަންކަން ކައުންސިލަށް އެންގުމުން، އެ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް، ތަފާތު ފޯރަމްތަކުގައި ވަހަކަފުޅު ދައްކަވަމުން މާލޭގެ މޭޔަރ އާދަމް ޢާޒިމް އަންނަނީ ވިދާޅުވަމުންނެވެ.
މާލެ ސިޓީގެ މޭޔަރުކަމާ މިހާރުގެ މޭޔަރ ޢާޒިމް ޙަވާލުވެ ވަޑައިގެންނެވިފަހުން މާލެ ސިޓީގެ މިސްކިތްތަކާއި ސަހަރާތައް ރީތިކޮށް، އެ ތަންނަށް ދާ މީހުންގެ ހިތްހަމަޖެހޭ ފަދަ ތަންތަން އެ ތަންތަން ހެއްދުވުމަށް އެ މަނިކުފާނުގެ ޚާއްޞަބެއްލެވުމުގެ ދަށުން އެ މަސައްކަތް ކުރައްވަމުންގެންދެވާކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ.
ގުޅުންހުރި

އީދު ދުވަހު ގްރޭޓަރ މާލެ އޭރިއާގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފި
.webp&w=3840&q=75)
އާސަހަރާ އާއި ހުޅުމާލެ ސަހަރާ ސާފު ކުރުމުގެ މަސައްކަތް ފަށައިފި

ޗައިނާގެ ސޫޖޯ ސިޓީގެ ޑެޕިއުޓީ މޭޔަރ މާލެ ސިޓީ ކައުންސިލާ ބައްދަލުކޮށްފި
