
--
ޗައިނާގެ ސޫޖޯ ސިޓީގެ ޑެޕިއުޓީ މޭޔަރ ޖީ ޖިންގ މާލެ ސިޓީ ކައުންސިލާ ބައްދަލުކޮށްފި އެވެ.

މިބައްދަލުވުން އޮތީ ހޯމަ ދުވަހު މާލެ ސިޓީ ކައުންސިލް އިދާރާގައެވެ. މިބައްދަލުވުމުގައި، މޭޔަރ އާދަމް ޢާޒިމް އާއި ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝް އާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު ހަސަން ނިޡާމް އާއި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު އައިމިނަތު ރިޝްފާ އަހުމަދާއި މައްޗަންގޯޅި އުތުރު ދާއިރާގެ ކައުންސިލަރު ސަޢީދާ ރަޝާދު އާއި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ އަދި މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރު ފާތިމަތު އިޝާން ޢަލީ ބައިވެރިވެވަޑައިގެންނެވި އެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ އާޒިމް ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމުގެ މަޤާމާ ހަވާލުވެވަޑައިގެން މިވީ މަދު ދުވަސް ކޮޅުގެ ތެރޭ މާލެ ސިޓީގެ ކަންކަން ހައްލުކުރުމަށްޓަކައި ގިނަގުނަ މަރުހަލާތަކެއް ކުރިއަށް ގެންދެވިފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު ކަންކަން ކުރުމަށް ޕްލޭން ކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ މައިގަނޑު ބޮޑެތި މަޝްރޫޢުތަކަށް އެހީތެރިވެދީ ރާއްޖޭގެ ތަރައްޤީގައި ޗައިނާ ސަރުކާރުން އަދާކުރާ މުހިންމު ރޯލު ޝުކުރުވެރިކަމާއެކު މޭޔަރ ޢާޒިމް ފާހަގަކުރެއްވިއެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީގައި ދުއްވާ ވެހިކަލްތައް ގިނަވެ، ޓްރެފިކް އުނދަގޫތަކާ ކުރިމަތިވާ ކަމަށާއި މާލެ ސިޓީ ފެހި ކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ފުޅާ ކުރުމަށް ޗައިނާއިން ދެމުން އަންނަ ފުރިހަމަ އެހީތެރި ކަމަށް ވެސް މޭޔަރ ޢާޒިމް ޝުކުރު އަދާ ކުރެއްވި އެވެ.
ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާ ލައްވައި މޭޔަރ ޢާޒިމް ވިދާޅުވީ މި ދެ ޤައުމުގެ ދުވަސްވީ ގުޅުމުގެ ސަބަބުން، ދެ ޤައުމުގެ ގުޅުން އިތުރަށް ކުރިއަރައި، ދެ ޤައުމަށް ފާގަތިކަމާއި އެއްބައިވަންތަކަން ގެނެސްދޭނެ ގުޅުމަކަށް ކުރިއަށް އޮތް އަހަރުތަށް ވެސް ވެގެންދާނެ ކަމަށެވެ.
މިބައްދަލުވުމުގައި ވާހަކަ ފުޅުދައްކަވަމުން ސޫޖޯ ސިޓީގެ ޑެޕިއުޓީ މޭޔަރ ޖީ ޖިންގ އިން ވިދާޅުވީ ކުރިއަށް އޮތް ދުވަސް ތަކުގައި މާލެ ސިޓީ ކައުންސިލާއެކު އޮތް ގުޅުން އިހަށްވުރެ ބޮޑަށް ގެންގުޅުއްވާނެ ކަމަށާއި ކައުންސިލުން ކުރިއަށްގެންދާ އެކިއެކި މަސައްކަތްތަކަށް ދެވެންއޮތް އެއްބާރުލުން ދެއްވާނެ ކަމަށެވެ .
ސޫޖޯ ސިޓީގެ ޑެޕިއުޓީ މޭޔަރ ޖީ ޖިންގ، ރާއްޖެއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ސޫޖޯ މުނިސިޕަލް ޕީޕަލް ގަވަރމަންޓް އާއި މާލެ ސިޓީ ކައުންސިލާ އެކު 2016 ވަނަ އަހަރު ހެދިފައިވާ ސިސްޓަރ ސިޓީ އެއްބަސްވުމުގެ ދަށުން ގުޅުން ބަދަހިކުރުމަށްޓަކައި، ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ކުރައްވަމުން އަންނަ ދަތުރު ފުޅެކެވެ.
ގުޅުންހުރި

އީދު ދުވަހު ގްރޭޓަރ މާލެ އޭރިއާގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފި
.webp&w=3840&q=75)
އާސަހަރާ އާއި ހުޅުމާލެ ސަހަރާ ސާފު ކުރުމުގެ މަސައްކަތް ފަށައިފި

ޗައިނާގެ ސޫޖޯ ސިޓީގެ ޑެޕިއުޓީ މޭޔަރ މާލެ ސިޓީ ކައުންސިލާ ބައްދަލުކޮށްފި
