
މިއަހަރުގެ މަޅި ފުޓްސަލް ޗެލެންޖް ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފި
# ދިވެހި ކުޅިވަރު # މަޅި ފުޓްސަލް ޗެލެންޖް 2025މަޅި ފުޓްސަލް ޗެލެންޖް 2024 ގެ ޗެންޕިއަން ޓީމު މުބާރާތުގެ ޓްރޮފީއާއެކު...
މަޅި މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށް، މާލޭ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް "މަޅި ފުޓްސަލް ޗެލެންޖް 2025" ސްޕޮންސަރ ކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލިއިފިއެވެ.

މަޅި މޯލްޑިވްސްގެ ފަރާތުން އޮފިޝަލަކު ގާފު ސްޕޯޓްސްއަށް މައުލޫމާތުދިން ގޮތުގައި މިއަހަރުގެ މުބާރާތައް ވެސް ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި 32 ޓީމަކުން ވަނީ ބައިވެރިވެފައެވެ.
މީގެ އިތުރުން މުބާރާތް ސްޕޮންސަރ ކޮއްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު އާންމެކޮށް ހުޅުވާލާފައިވާއިރު،، އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 7770630 ނަންބަރު ފޯނަށް ގުޅައިގެން މައުލޫމާތް ސާފުކުރެއްވުމަށް މަޅި މޯލްޑިވްސްގެ ފަރާތުން ވަނީ އެދިފައެވެ.
މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރު ވެސް 32 ޓީމާއެކު މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ.. އަދި ބައިވެރިވި 32 ޓީމު އަށް ގުރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ދެވަނަ ބުރުން ފުރުސަތު ލިބިގެންދާނެވެ.
އިތުރަށް ވާހަކަ ދައްކަމުން މަޅި މޯލްޑިވްސްގެ އޮފިޝަލް ބުނީ 6 ޖުލައި 2025 އިން 19 ޖުލައި 2025 ގެ ނިޔަލަށް ކުރިއަށް ގެންދާ މިމުބާރާތުގައި ޖުމްލަ 63 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެނަންބަރު ފުޓްސަލް ދަނޑުގައެވެ.
އަދި، މިފަދަ މުބާރާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނީ ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލިބިގެންކަމަށާއި، އެގޮތުން ސްޕޯޓްސް މިނިސްޓްރީ އާއި ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް މަޅި މޯލްޑިވްސްގެ ފަރާތުން ވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ގުޅުންހުރި

ޓިމޯ ލެސްޓޭ އަތުން ބަލިވުން ނަމޫނާ ދެއްކުމަށްފަހު، ގައުމީ ޓީމު ކޯޗު ސުޒެއިން އިސްތިއުފާ ދީފި

ދެއްކޭނެ ބަހަނާއެއް ނެތް ފެނިގެންދިޔައީ ދިވެހި ފުޓްބޯޅައިގެ ހާލަތު

ރަށުން ބޭރުގައި ބްރެޒިލް އިން އެކުއެޑޯ މޮޅުވިޔަނުދީ ހިފަހައްޓައިފި
