
ރޮކެޓު ހަމަލާއެއްގައި ޔަހޫދީންގެ 3 ސިފައިން މަރާލައިފި އެވެ.

އިތުބާރުހުރި މަސްދަރުތަކާއި ހަވާލާދީ ޣައްޒާގެ ހަބަރުތައް ގެނެސްދޭ ގުދުސް ނިއުސް ނެޓްވޯކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްޒާގެ މިނިވަން ކަމަށް ހަނގުރާމަކުރަމުންދާ ހަނގުރާމަވެރިންގެ ހަމަލާއެއްގައި އިސްރާއީލުގެ ޖިވަތީ ބްރިގޭޑްގެ ތިން ވަނީ މަރާލާފައި އެވެ.
އެގޮތުން މި ހަމަލާއަކީ ފަލަސްތީނު ރެސިސްޓެންސް ފޯސްއިން ދިން ހަމަލާއެއް ކަމަށާއި މި ހަމަލާދީފައިވަނީ ޔަހޫދީ ސިފައިން ވަތް ޓަނަލެއްގައި ބޮން ހަރުކޮށް ގޮއްވާލައި އަދި ރޮކެޓު ހަމަލާއެއް ދީގެން ކަމަށްވެސް އިސްރާއީލުގެ މަސްދަރުތަކާއި ހަވާލާދީ ގުދުސް ނިއުސް ނެޓްވޯކުން ވަނީ ރިޕޯޓުކޮށްފައި އެވެ.
މި ހަމަލާ ދީފައިވަނީ ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕްގެ އިރުމަތީގައި ހަރަކާތްތެރިވަމުންދިޔަ ޔަހޫދީ ސިފައިން ތަކަކަށެވެ.
މި ހަމަލާއާއި ގުޅިގެން އަދި މިހާތަނަށް އިސްރާއީލުން ރަސްމީ ބަހެއް ބުނެފައިނެވެއެވެ.
ފަލަސްތީނު ރެސިސްޓެންސް ފޯސްއިން މިފަދަ ހަމަލާއެއް ދިން އިރު ދާދި ފަހުން ހަމާސްގެ ހަނގުރާމަވެރިންތަކެއް ވެސް ވަނީ ޓަނަލެއްގައި ބިން ހަރުކޮށް ޔަހޫދީ ސިފައިންތަކެއް އެތަނަށް ވަނުމާއި އެކު ޓަނަލް ގޮއްވާލައި ޔަހޫދީ ސިފައިންތަކެއް މަރާލާފައި އެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!




