
--
ގަދަވަޔާއިއެކު ވިލިމާލޭގެ ގެއެއްގެ ފުރާޅު އެއްލާލައިފި އެވެ.

އެމްއެންޑީއެފުން ބުނީ ގަދަވަޔާ އެކު މިއަދު ހެނދުނު ވިލިމާލޭގެ ޕެވެލިއަން ގޭގެ ފުރާޅު ޓިނުތައް ނެއްޓުމުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މިދުވަސްވަރަކީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަރަށް ބޮޑަށް މޫސުން ގޯސްދުވަސްވަރެކެވެ. އެގޮތުން ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލުވެސް ވަނީ ނެރެފައި އެވެ.
ވިލިމާލެ ގެއެއްގެ ފުރާޅު އެއްލާލި އިރު މިއަދުގެ ފަތިހުން ފެށިގެން މާލެ ސަރަހައްދު ހިމެނޭހެން ބޮޑު ސަރަހައްދަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައި ވެއެވެ.
ގުޅުންހުރި

އެފްއެސްއެމުން ވިލިމާލޭގައި ތަރައްގީކުރާ ފިއުލް ޝެޑުން ފެން ވިއްކުމުގެ ހުއްދަ ދިނުމަށް ނިންމައިފި

ރައީސް، ޤައުމީ ދިފާޢީ ބާރުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުއްވައިދެއްވައިފި
ވިލިމާލޭގެ އެކި ސަރަހައްދުތަކުން 37 ޓަނަށް ވުރެ ގިނަ ކުނި ނަގައިފި




