.jpg&w=3840&q=75)
-
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސަމޯއާގެ ދައުލަތުގެ އިސްވެރިޔާ، ހިޒް ހައިނަސް ޓޫއިމަލެއަލިފާނޯ ވާލެޓޯއާ ސުއަލައުވީ ދެވަނަ އަށާއި ބޮޑުވަޒީރު ހަރ އެކްސެލަންސީ ފިއާމޭ ނައޯމީ މަޓައާފާއަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައިވެސް ތަހުނިޔާގެ މެސެޖެއް ޙިއްޞާކުރައްވައިފައެވެ.
ސަމޯއާގެ ދައުލަތުގެ އިސްވެރިޔާއަށާއި ބޮޑުވަޒީރަށް ވަކިވަކީން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުތަކުގައި، އެޤައުމުގެ މިނިވަންދުވަހުގެ ތަހުނިޔާ، އެ މަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައާއި، އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚުލާސްތެރިކަމާއެކު ތަހުނިޔާ ފޮނުއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެމަނިކުފާނު ވިދާޅުވެފައިވަނީ މިނިވަން ދުވަސް ފާހަގަކުރުމަކީ ޤައުމީ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމުގެ ޢަޒުމު އައުކޮށްދޭ އަދި އަންނަން އޮތް ހުރިހާ ޖީލުތަކަށްޓަކައި ޤައުމުގެ ތަރައްޤީގެ މަގު ކަނޑައެޅުމުގެ އަޒުމު ހަނދާންކޮށްދޭ މުނާސަބަތެއްކަމަށެވެ. މީގެއިތުރުން ކުދި ޖަޒީރާ ތަރައްޤީވަމުންދާ ޤައުމުތަކެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖެއާއި ސަމޯއާއަށް ދިމާވާ ގޮންޖެހުންތަކަކީ އެއްގޮތް ގޮންޖެހުންތަކެއްކަން ފާހަގަކުރައްވާފައެވެ. މި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ދެ ޤައުމުގެ ދެމެދުގައްޔާއި، ބައިނަލްއަޤްވާމީ މަންސަތަކުގައި އެއްބާރުލުން އިތުރުކުރެވިދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުތައް ނިންމަވާލައްވާފައި ވަނީ ސަމޯއާގެ ދައުލަތުގެ އިސްވެރިޔާއަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްޙަތަކާއި އުފާވެރިކަން އެދިވަޑައިގެން، އެޤައުމަށާއި އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.
ގުޅުންހުރި

ޕޮލެންޑްގެ އިންތިޚާބީ ރައީސަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި

ހައްޖާޖީންގެ ވެކްސިނާއި ބޭސް މިއަދުން ފެށިގެން ހިލޭ!
.jpg&w=3840&q=75)
ރައީސް މުއިއްޒު ސަމޯއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
