
މާލެ، ހުޅުމާލެ އަދި ހުޅުލެއިން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައީސް އަމުރުކުރައްވައިފި
# ރައީސް މުއިއްޒު—
މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދަންނަވައިފިއެވެ.

މި މައްސަލަ ބެއްލެވުމަށް ދަންނަވާފައިވާކަން ހާމާކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި އެފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.
ކަރަންޓުގެ ޚިދުމަތް ފުރިހަމައަށް ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ.
މާލެ ސަރަހައްދުން ކުއްލި ގޮތަކަށް ކަރަންޓު ކެނޑުނީ މިއަދު މެންދުރު 12:45 ހާއިރު އެވެ. ސްޓެލްކޯއިން ބުނެފައިވާގޮތުގައި ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ.
ގުޅުންހުރި

ޕޮލެންޑްގެ އިންތިޚާބީ ރައީސަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި

ހައްޖާޖީންގެ ވެކްސިނާއި ބޭސް މިއަދުން ފެށިގެން ހިލޭ!
.jpg&w=3840&q=75)
ރައީސް މުއިއްޒު ސަމޯއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
