logoEN
Sto top
ޕޮލެންޑްގެ އިންތިޚާބީ ރައީސަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި

ޕޮލެންޑްގެ އިންތިޚާބީ ރައީސަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި

އަހުމަދު ޝުރާއު

logo

6/2/2025, 7:15:53 PM

# ރައީސް މުއިއްޒު

-

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕޮލެންޑްގެ އިންތިޚާބީ ރައީސް ކާރޯލް ނަވްރޮޓްސްކީ، އެ ޤައުމުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި ތަހުނިޔާ ފޮނުއްވައިފިއެވެ.

Wamco

ޕޮލެންޑްގެ އިންތިޚާބީ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އިންތިޚާބީ ރައީސްގެ އިސްނެންގެވުމުގެ ދަށުން ޕޮލެންޑްގެ ރައްޔިތުން އެދޭ އުސްމިންތަކަށް އެ ޤައުމު ގެންގޮސްދެވޭނޭކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވެ، އެމަނިކުފާނާ ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، އިންތިޚާބީ ރައީސަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެން، ޕޮލެންޑްގެ ރައްޔިތުންނަށް އަމާންކަމާއި ސުލްޙަމަސަލަސްކަމަށް އެދިވަޑައިގެންފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside