
-
އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ގްރޭޓަރ މާލެ ސަރަހައްދުން މިއަދު މެންދުރުން ފެށިގެން ކަރަންޓު ވަނީ ކެނޑިފައެެވެ.
ކަރަންޓު ދިނުމަށް ކުރަމުން އަންނަ މަސައްކަތް ހާމަކޮށް ސްޓެލްކޯއިން ބުނީ މާލޭއާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށައި، ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ވަނީ ކަރަންޓު ދެވިފައި ކަމަށެވެ.
މީގެ އިތުރުން މާލެ އާއި ހުޅުމާލޭގެ އެހެން ސަރަހަައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރަމުންކަންވެސް ވަނީ ހާމަކޮށްފައެވެ.






