
މުނިފޫހިފިލުވުމަށް މަސްވެރިކަންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ބާއްވަނީ
# މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ވުޒާރާ--
މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ނިންމައިފި އެވެ.

މި މަސައްކަތު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 7 ވަނަ ދުވަހު މާލޭގައިއެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ މި މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ މުނިފޫހިފިލުވުމުގެގޮތުން ކުރާ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރުން ކަމަށެވެ.
މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރުމަށް ފަހު ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. އަދި މި ފޯމް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.
ގުޅުންހުރި

މާރިޗް މަހު ރާއްޖެއިން 69 މިލިޔަން ރުފިޔާގެ މަސް އެކްސްޕޯޓުކުރި!

އެކުއަޓިކް ބަޔޯ ސެކިއުރިޓީ އާ ގުޅޭ ދެ ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި

މަސްކިރޭ ބަނދަރަކާއިއެކު ކަނދޮޅުދޫ ތަރައްޤީކުރަނީ: ކޯލްޑްސްޓޯރޭޖްއަކާއި ފާނަ ޕްރޮސެސްކުރާ ފެސިލިޓީއެއްވެސް ހިމެނޭ!




