
މަސްކިރޭ ބަނދަރަކާއިއެކު ކަނދޮޅުދޫ ތަރައްޤީކުރަނީ: ކޯލްޑްސްޓޯރޭޖްއަކާއި ފާނަ ޕްރޮސެސްކުރާ ފެސިލިޓީއެއްވެސް ހިމެނޭ!
# މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ވުޒާރާ-
ރ ކަނދޮޅުދޫގައި މަސް ކިރޭނެ ބަނދަރެއް ގާއިމްކުރުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ.

މި މަޝްރޫއު ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ގައުމީ ފެންވަރުގައި ބާއްވާ ރަސްމީ ޖަލްސާގައި އެވެ. އެގޮތުން ރ ދުވާފަރުގައި މިހާރު ކުރިޔަށްދާ މި ޖަލްސާ ޝަރަފުވެރިކޮށްދެއްވަނީ ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުންނެވެ.
މިރޭގެ ރަސްމިއްޔާތުގައި މި މަޝްރޫއު ހަވާލުކޮށްފައިވަނީ ތްރީވޭ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑާއިއެވެ. އެގޮތުން މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، އަދި ތްރީވޭ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރ ޙަސަން އިބްރާހީމް އެވެ.
މި މަޝްރޫއުގެ ދަށުން ކަނދޮޅުދޫގައި ކޯލްޑްސްޓޯރޭޖްއަކާއި ފާނަ ޕްރޮސެސްކުރުމަށް ހާއްސަ ފެސިލިޓީއަކާއެކު މަސް ކިރޭނެ ބަނދަރެއް ގާއިމްކުރުމަށް ވަނީ ނިންމާފައި އެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރަން މިއަހަރުވެސް ހުޅުމާލޭގައި 'އޯޝަން ފެސްޓިވަލް' ބާއްވަނީ!

މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ކަނބަލުންނަށް އަމާޒުކޮށްގެން ހިންގާ އިންޓާންޝިޕް ޕްރޮގްރާމް ފަށައިފި

ފުނަދޫ ދާއިރާގެ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް ފުޅާ މަޝްވަރާތަކެއް!




