logoEN
Sto top
ދުނިޔޭގެ ކަނޑުތަކުގެ ޤާނޫނާއި އިންޑިއާ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާގުޅޭ ވޯކްޝޮޕެއް ބާއްވައިފި

ދުނިޔޭގެ ކަނޑުތަކުގެ ޤާނޫނާއި އިންޑިއާ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާގުޅޭ ވޯކްޝޮޕެއް ބާއްވައިފި

އަހުމަދު ޝުރާއު

logo

9/20/2025, 9:59:29 AM

# މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ވުޒާރާ

-

ދުނިޔޭގެ ކަނޑުތަކުގެ ޤާނޫނާއި އިންޑިއާ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާގުޅޭ ސަރަޙައްދީ ފެންވަރުގެ މަސައްކަތު ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

Wamco

ވިލާ ނޯޓިކާގައި މިއަދު ހެނދުނު ބޭއްވި މި މަސައްކަތު ބައްދަލުވުން އިފްތިތަހްކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފް

މި މަސައްކަތު ބައްދަލުވުމުގައި ދުނިޔޭގެ ކަނޑުތަކުގެ ޤާނޫނާއި ކަނޑުގެ ވަސީލަތްތަކަށް ބަރޯސާވެފައިވާ އިޤްތިޞާދުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

މި މަސައްކަތު ބައްދަލުވުމަކީ ނޯވޭޖިއަން އޭޖެންސީ ފޯ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ އެހީގެ ދަށުން ހިންގާ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤުތިޞާދީ ވިލުންތެރިކަން އިތުރުކުރުމަށާއި އެ ޤައުމުތަކުގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށްޓުމުގެ އިސްތިރާޖީ ޤާބިލުކަން ހަރުދަނާކުރުމުގެ މަޝްރޫޢެއްގެ ދަށުން އ. ދ. ގެ ޑިވިޝަން ފޯ އޯޝަން އެފެއާޒް އެންޑް ދަ ލޯ އޮފް ދަ ސީ އަދި ދިވެހި ސަރުކާރާ ގުޅިގެން 4 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެކެވެ.

މި މަސައްކަތު ބައްދަލުވުމުގެ މަޤްޞަދަކީ ދުނިޔޭގެ ކަނޑުތަކުގެ ޤާނޫނު (އަންކްލޯސް) އާއި އެއާ ގުޅުންހުރި އެހެނިހެން މުޢާހަދާތަކާއި އެގްރިމެންޓްތަކަށް ބައިވެރިން އަހުލުވެރިކުރުވުމާއި، ސަރަޙައްދީ އަދި ޤައުމީ ފެންވަރުގައި ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ޤާނޫނީ އަދި އިދާރީ އޮނިގަނޑުތަކަށް އަލިއަޅުވާލުމެވެ.

2030 އެޖެންޑާ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސް.ޑީ.ޖީ) އާ ގުޅުންހުރި މައްސަލަތަކާއި، ނޫ އިޤްތިޞާދެއް ބިނާކުރުމާ ގުޅޭ ގޮތުންނާއި، ސައިންސްގެ އަލީގައި ސިޔާސަތު ބައްޓަންކުރުމާ ގުޅޭ ގޮތުން މި މަސައްކަތު ބައްދަލުވުމުގައި މަޝްވަރާކުރާނެއެވެ.

މީގެއިތުރުން މޫސުމީ ބަދަލުތަކާ ގުޅިގެން ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގައި އިސްކަންދޭން ޖެހޭ ކަންކަމާގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވިގެންދާނެއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ދިވެހިރާއްޖެ ހިމެނޭގޮތަށް 12 މެމްބަރު ޤައުމަކުން 47 މަންދޫބުން ބައިވެރިވެއެވެ. މި މަސައްކަތު ބައްދަލުވުމަށްފަހު، ދިވެހިރާއްޖޭގައި ޔުނައިޓެޑް ނޭޝަންސް ފިޝް ސްޓޮކްސް އެގްރީމެންޓް (ޔޫ.އެން.އެފް.އެސް.އޭ) ތަންފީޛުކުރުމުގެ ޤާބިލުކަން އިތުރުކޮށް، ކަމާ ގުޅޭ އިދާރާތަކުގެ އޮފިޝަލުން ތަމްރީނުކުރުމަށްޓަކައި ތިން ދުވަހުގެ ޤައުމީ ވަރކްޝޮޕެއްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ސަރަޙައްދީ މަސްވެރިކަން މެނޭޖްކުރާ ޖަމްޢިއްޔާތައް (އާރް.އެފް.އެމް.އޯ) މެދުވެރިކޮށް ކުރެވޭ މަސައްކަތްތަކާއި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރިޕޯޓުކުރުމެއް ނެތި އަދި ބެލެހެއްޓުމެއް ނެތި ކުރެވޭ (އައި.ޔޫ.ޔޫ) މަސްވެރިކަން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލެވިގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC