
އެކުއަޓިކް ބަޔޯ ސެކިއުރިޓީ އާ ގުޅޭ ދެ ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި
# މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ވުޒާރާ-
ޓްރެއިނިންގ އޮން ބަޔޯ ސެކިއުރިޓީ ފޮރ އިމްޕޯޓް އެންޑް އެކްސްޕޯޓް އޮފް ލިވިންގ މެރިން އޯގަނިޒަމްސް، މެރިން އެނިމަލްސް އެންޑް ދެއަރ ޕްރޮޑަކްޓްސް އިން ދަ މޯލްޑިވްސް ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މޯލްޑިވްސް – ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ދި ސައިތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ.
މި ތަމްރީން ޕްރޮގްރަމް ކުރިއަށް ދާނީ މި މަހުގެ 7 އިން 8 އަށް މީރުމާގައެވެ.
މި ތަމްރީނުގައި ބޯޑަރު ކޮންޓްރޯލް ކުރުމާއި، ރެގިއުލޭޝަން، ސަރވައިލެންސް އަދި ތިމާވެށި ހިމާޔަތް ކުރުމުގައި އިސް ދައުރެއް އަދާކުރާ ފަރާތްތަކުގެ މެދުގައި ކަނޑާއި، އެއްގަމުގެ ދިރުންތަކާއި ގުޅުންހުރި ބާވަތްތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ދިމާވާ ބަޔޯ ސެކިއުރިޓީ ރިސްކުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ. އެގޮތުން މަހާއި ޖަނަވާރުންނަށް ޖެހޭ ބަލިތަކުގެ އިތުރުން އިންސާނުންގެ ސިއްޙަތަށް ނުރައްކާވާ ބަލިތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެއެވެ. އަދި ބަލި ދެނެގަތުމާއި، ރިޕޯޓް ކުރުމާއި، ރެސްޕޮންސް މެކޭނިޒަމްތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރުން ހިމެނެއެވެ.
މި ތަމްރީން ޕްރޮގްރާމުގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.
ގުޅުންހުރި

އެކުއަޓިކް ބަޔޯ ސެކިއުރިޓީ އާ ގުޅޭ ދެ ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި

މަސްކިރޭ ބަނދަރަކާއިއެކު ކަނދޮޅުދޫ ތަރައްޤީކުރަނީ: ކޯލްޑްސްޓޯރޭޖްއަކާއި ފާނަ ޕްރޮސެސްކުރާ ފެސިލިޓީއެއްވެސް ހިމެނޭ!

ދުނިޔޭގެ ކަނޑުތަކުގެ ޤާނޫނާއި އިންޑިއާ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާގުޅޭ ވޯކްޝޮޕެއް ބާއްވައިފި





