logoEN
Sto top
ތަފާތު ބަދަލުތަކާއި އެކު ހުޅުމާލޭގެ އައު މާސްޓާރޕްލޭން އިފްތިތާހްކޮށްފި

ތަފާތު ބަދަލުތަކާއި އެކު ހުޅުމާލޭގެ އައު މާސްޓާރޕްލޭން އިފްތިތާހްކޮށްފި

އަހުމަދު ޝުރާއު

logo

5/26/2025, 9:13:49 AM

# އެޗްޑީސީ

--

އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ހުޅުމާލޭގެ އާ މާސްޓަ ޕްލޭން މިއަދު އިފުތިތާހުކޮށްފި އެވެ.

Wamco

މިއަދު ހުޅުމާލޭގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި އައު މާސްޓާރ ޕްލޭން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ މާސްޓަޕްލޭނަަށް ބަދަލު ގެނައީ ހުޅުމާލޭގައި އިތުރުވަމުން އަންނަ އާބާދީ އަށް ބޭނުންވާ ގިނަ ކަންތައްތައް މަގުފަހި ކުރުމަށް ކަމަށެވެ. ހުޅުމާލޭގެ ފަޅުތެރެއިން އިތުރު ބައެއް ހިއްކާފައިވުމުން، ބިމުގެ ޖާގަ އިތުރުވުމާ ގުޅިގެން އެ ބިންތައް ބޭނުންކުރާނެ ގޮތްތަކާ މެދު ފަންނީ ގިނަ މަޝްވަރާތަކާއި ލަފާތައް އެޗްޑީސީގެ މެނޭޖްމަންޓުން ހޯދާފައިވާ ކަމަށެވެ.

އާ ޕްލޭނުގައި ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެއްވަރަށް ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ބޭނުން ވާނެ ޚިދުމަތްތަކާއި އިތުރު ވަސީލަތްތައް ގާއިމު ކުރާނެ އެވެ. އެގޮތުން މިއަދު އިފްތާހްކުރި ޕްލޭނުގައި ސްކޫލްތަކާއި މިސްކިތްތަކާއި އޮފީސް އިމާރާތްތަކާއި ގްރީން ސްޕޭސް އާއި އެ ނޫން ވެސް އަސާސީ ހިދުމަތްތައް ދޭނެ ބިންތައް ހުޅުމާލޭގެ އެކި ނެއިބަހުޑްތަކާ ކައިރިން ކަނޑައަޅާފައިވެ އެވެ. އެޗްޑީސީން ބުނީ ކޮންމެ ނެއިބަހުޑްއަކަށްވެސް ފަސޭހައިން އެ ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

މާސްޓަރ ޕްލޭނަށް އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ގެނެސްފައިވަނީ ފޭސް 2 އާއި ފޭސް 3 ކުރީން ކޯރަކުން ގުޅުވާލުމަށް ކަނޑައަޅާފައިވާ ޕްލޭން ބަދަލުކޮށް އެދެ ސަރަހައްދުގެ ހިއްކައި އެއްކޮއްލުމެވެ. އެޗްޑީސީން ބުނީ އެބަދަލު ގެންނަން ނިންމީ އެ ސަރަހައްދުގެ ކަނެކްޓިވިޓީ ރަނގަޅުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށް ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ހުޅުމާލޭގެ މާސްޓަ ޕްލޭންގެ 3ޑީ މޮޑެލެއް ވެސް ދައްކާލައިފަ އެވެ. އަދި އެޗްޑީސީގެ އާ ވެބްސައިޓް ވެސް ވަނީ ލޯންޗްކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside