
--
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ޗެއަރޕާސަންގެ މަޤާމަށް ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

ޕީސީބީއިން ދާދި ދެންމެ އަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާލުވީ 29 މެއި 2025 ވަނަ ދުވަހު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް - އެމްއޭސީއެލްގެ ޗެއަރޕާސަންގެ މަޤާމަށް ހ. ސީސައިޑް އަލްފާޟިލާ އައިޝާ ނޫރައިން ޖަނާހު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް މިއަދު އައްޔަނުކުރި އައިޝާ ނޫރައިން ޖަނާހު އަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކުރީގެ ޗެއާޕާސަންއެވެ. އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުން ނޫރައިން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ މޭމަހުގެ ތެރޭގައި އެވެ. ނޫރައިން އެ މަގާމުން އިސްތިއުފާ ދެއްވައިފައިވަނީ އެ މަގާމަށް އައްޔަނުކުރެއްވުނުތާ ގާތްގަޑަކަށް ފަސް މަސް މަހުންނެވެ. އެގޮތުން ނޫރައިން އެ މަގާމަށް އައްޔަނުކުރައްވާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
ރާއްޖެގެ މައި އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑުގެ ޗެއާމަންކަމުގެ މަގާމުން މީގެ ކުރީން ހުންނެވީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު އެވެ. ނަމަވެސް އުމަރު މަނިކު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެމަގާމުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވާފައި އެވެ.
ނޫރައިން އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް އައްޔަނުރެވުނު ފުރަތަމަ އަންހެން ޗެއާޕާސަންއެވެ.
ގުޅުންހުރި

އެމްއޭސީއެލްގެ ޗެއަރޕާސަންގެ މަގާމަށް ނޫރައިން!

މަސައްކަތްތެރިކަމުގެ ދާއިރާ ކުރިއެރުވުވުމަށް އެމްއޭސީއެލްއާއިއެކު މަޝްވަރާކޮށްފި

އެމްއޭސީއެލްގެ މުވައްޒަފުން ތިމާވެއްޓަށް އަހުލުވެރިކުރުވުމަށްޓަކައި ސިލްސިލާ އެވެއަރނަސް ޕްރޮގްރާމެއް ފަށައިފި
