logoEN
Sto top
ޢީދު ބަންދަށް އިތުރު ބަދަލެއް ނާންނާނެ، މިފަހަރު އީދަށް ޗުއްޓީވާނީ ހައްޖު ދުވަހާއި ލައިގެން 5 ދުވަސް!

ޢީދު ބަންދަށް އިތުރު ބަދަލެއް ނާންނާނެ، މިފަހަރު އީދަށް ޗުއްޓީވާނީ ހައްޖު ދުވަހާއި ލައިގެން 5 ދުވަސް!

އަހުމަދު ޝުރާއު

logo

5/28/2025, 6:11:53 AM

# ހީނާ ވަލީދު

--

މިއަހަރުގެ ހައްޖު ދުވަހާއި އަޟްހާ އީދު ބަންދަށް އިތުރު ބަދަލެއް ނާންނާނެ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

Wamco

ސަރުކާރުގެ ފަރާތުން ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަހަރުގެ ޙަައްޖު ދުވަސް ދިމާވަނީ، 5 ޖޫން ވާ ބުރާސްފަތި ދުވަހާ ކަމުގައި ސަޢޫދީޢަރަބިއްޔާއިން ކަނޑައެޅުއްވުމާއިއެކު ޙައްޖު ދުވަހާއި އަޟްޙާ ޢީދާ ގުޅިގެން ބަންދުވާނީ، މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތަކުގައި ކަމަށެވެ.

މިއަހަރުގެ ހައްޖު މަސް މިއަދު ފަށާފައިވާއިރު އަރަފާތް ދުވަހަށް ވާނީ އަންނަ މަހުގެ 5 ވަނަ ދުވަހެވެ. އަދި އަޟްހާ އީދު ދުވަހަށް ވާނީ ޖޫން މަހުގެ 6 ވަނަ ދުވަހު ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން އީދަށް ބަންދު ވަނީ 9 ޖޫންވާ ހޯމަ ދުވަހުގެ ނިޔަލަށެވެ. އެހެންވެ، އެ ހަފްތާގެ އަންގާރައިގައި ސަރުކާރުގެ އޮފީސްތައް ހުޅުވާނެ އެވެ. މިއާއި އެކު މިއަހަރުގެ ބޮޑު އީދު ބަންދަށް ލިބޭނީ 4 ދުވަހެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside