ޒާތީނުވެ، ދޮގު ނަހަދާ، އަބުރާ ނުބެހިވެސް ސަރުކާރަށް ފާޑުކިޔާ ޒިއްމާދާރު ކުރެވޭނެ - ހީނާ
# ހީނާ ވަލީދު-
ޒާތީނުވެ، ދޮގު ނަހަދާ، އަބުރާ ނުބެހިވެސް ސަރުކާރަށް ފާޑުކިޔާ ޒިއްމާދާރު ކުރެވޭނެކަމަށް ސަރުކާރުގެ ކުރީގެ ތަރުޖަމާނު އަދި މިހާރުގެ އާޓްސް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ހީނާ މިފަދައިން ވިދާޅުވީ ކޯޓުގެ ހުުރުމަތްކެނޑިކަން ސާބިތުވެ ދެ ނޫސްވެރިއަކު އިއްޔެ ޖަލަށް ލުމަށް ހުކުމްކޮށްފައިވަނިކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި އެވެ.
އެގޮތުން ހީނާ ވިދާޅުވީ މިއަދު އުޅެނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވެގެންނެއް ނޫން ކަމަށާއި ނިގުޅައިގަނެގެން އަތުލައިގަނެގެންވެސް ނޫން ކަމަށެވެ. އެގޮތުން މިއަދު އުޅެނީ މި ޙައްޤުތައް އޭގެ އެއްވެސް ޙައްދެއް އިމެއްނެތި ތަންމިނަށް ހުޅުވާލުމުން، އެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން ރައީސުލްޖުމްހޫރިއްޔާއަށް ގަޛްފު ކޮށްގެން. ކަމަށާއި ރައީސުލްޖުމްހޫރިއްޔާއާއި ސުވާލުކުރާ ހުރިހާ ނޫސްވެރިން ފުލުހަކަށް ކޯޓަކަށް ނުގެންދާ ކަމަށާއި ޖަލަކަށްވެސް ނުލާ ކަމަށެވެ. އަދި ބޭނުން ސުވާލެއް ރައީސްއާއި ކުރުމުގެ ފުރުސަތުވެސް ލިބޭ ކަމަށާއި ނަމަވެސް ދިވެހިރާއްޖޭގެ ދުސްތޫރީ ކޯޓަކުން ގެގް އޯޑަރެއް ނެރުއްވާފައި އޮތުމުން އެއަށް ޢަމަލު ނުކުރައްވާ ހިތު ހުރިގޮތަކަށް އެ އަމުރާ ޚިލާފުވާން ފުރުޞަތު ދިނުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަކަށްވެސް ލިބިވަޑައެއްނުގަންނަވާ ކަމަށެވެ.
ހީނާ އިތުރަށް ވިދާޅުވީ މިޤައުމުގައި ސިޔާސީ މީހުންގެ އަބުރަށް އަރައިގަތުމާ މީހުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައިގެން އެކަމުން ސިޔާސީ ނަފާ ހޯދުމަށްޓަކައި ޤާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަން ނާޖާއިޒު ގޮތުގައި ބޭނުން ކުރުންދަނީ ރޯވަމުންދާ އަލިފާން ގަނޑެއްފަދައިން ފެތުރެމުން ކަމަށެވެ.
އަދި ރާއްޖޭގައި ހެދިފައިވާ ޤާނޫނުތައް ތަންފީޒު ކުރެވޭނެކަން ފާހަގަކުރައްވަމުން ހީނާ ވިދާޅުވީ ޤާނޫނުތަކާއި ޚިލާފުވުމުން ފިޔަވަޅުވެސް އެޅޭނެ ކަމަށާއި ޤާނޫނު ތަންފީޒު ކުރުމަކީ ހުރިހާ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށްް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
އަދި ޒާތީނުވެ، ދޮގު ނަހަދާ، އަބުރާ ނުބެހިވެސް ސަރުކާރަށް ފާޑުކިޔާ ޒިއްމާދާރު ކުރެވޭނެކަމުގައި ހީނާ ގެ ޕޯސްޓު ނިންމާލަމުން ވިދާޅުވިއެވެ.
ގުޅުންހުރި
ޒާތީނުވެ، ދޮގު ނަހަދާ، އަބުރާ ނުބެހިވެސް ސަރުކާރަށް ފާޑުކިޔާ ޒިއްމާދާރު ކުރެވޭނެ - ހީނާ

ސަގާފީ ތަރިކަތައް ނިޒާމީ ގޮތެއްގައި ރައްކާތެރިކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއްދޭ - ހީނާ

މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަކީ ޒިންމާދާރު ނޫސްވެރިކަން - ހީނާ
.jpg&w=3840&q=75)



