logoEN
Sto top
 ދޭ ދޭ ގުޅުންތަކުގައި ދިމާވާ މައްސަލަތަކާއި ގުޅޭގޮތުން އިސްރަށްވެހިންނަށް މައުލޫމާތުދޭން ސެޝަނެއް!

ދޭ ދޭ ގުޅުންތަކުގައި ދިމާވާ މައްސަލަތަކާއި ގުޅޭގޮތުން އިސްރަށްވެހިންނަށް މައުލޫމާތުދޭން ސެޝަނެއް!

އަހުމަދު ޝުރާއު

logo

5/27/2025, 6:03:37 PM

# އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ

--

އިސްރަށްވެހިންނަށް އަމާޒުކޮށްގެން ދޭ ދޭ ގުޅުންތަކުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް މާދަމާ ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

Wamco

މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ 16:00 އިން 17:30އަށެވެ. މި ސެޝަން ކުރިއަށް ގެންދާނީ އިސްރަށްވެހިންގެ ނާދީގައެވެ.

މިދިޔަ އަހަރުގެ އިތުރުން މިދިޔަ އަހަރު ވެސް އިސްރަށްވެހިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ސެޝަންތަކުގައި އާއިލީ ގުޅުންތައް ގާއިމްކުރުމުގެ މުހިންމުކަމާއި އިޖުތިމާއީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ މުހިންމުކަމާއި މުއާމަލާތް ކުރުމުގައި ކަނުލާ އަޑުއެހުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ ބައިވެރިންނާއެކު މަޝްވަރާކޮށްފައެވެ.

މި ސެޝަންތައް ކުރިއަށްގެންގޮސްފައިވަނީ މި މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއާ ގުޅިގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside