
--
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފަރާތުން ދިރާސާކުރުމާއި ފޮތް ލިޔުމަށް ޖުމްލަ 259،200 ރުފިޔާގެ މާލީ އެހީ ޙަވާލުކޮށްފިއެވެ.

އެމްއެންޔޫގެ "ރިސާޗް ގްރާންޓް"ގެ ދަށުން ދިރާސާކުރުމަށް މާލީ އެހީ ޖުމުލަ 3 ފަރާތަކަށް ވަނީ ދީފައި އެވެ. އެފަރާތްތަކަކީ އާސިޔާ އިބްރާހިމް އާއި ބަތޫލް ޒަހޫރް ޤާޒީ އާއި މަރްޔަމް ހުދާ އެވެ.
އެމްއެންޔޫގެ "ރިސާޗް ގްރާންޓް"ގެ ދަށުން ދިރާސާކުރުމަށް މާލީ އެހީ ލިބުނު ފަރާތްތަކާއި ދިރާސާކުރެވޭ މަޢުޞޫތައް:
- އާސިޔާ އިބްރާހިމް : "ޑިވެލޮޕް އެންޑް އިވެލުއޭޓް ދަ އެފެކްޓިވްނެސް އޮފް އަ މޮބައިލް އެޕް ފޮރ އެކުއިޒިޝަން އޮފް ޓްރިއޭޖް ނޮލެޖް އެންޑް ސްކިލް އިން އަންޑަރގްރެޖުއޭޓް ނަރސިންގ ސްޓޫޑަންޓްސް"
- ބަތޫލް ޒަހޫރް ޤާޒީ : "އިންވެސްޓިގޭޝަން އިފް ދަ ޔޫސް، އެޓިޓިއުޑް އެންޑް އެޑޮޕްޝަން އޮފް ޖެނެރޭޓިވް އޭއައި އިން ޓީޗިންގ އެންޑް ލަރނިންގ ލޯ އިން ދަ މޯލްޑިވްސް: އަ މިކްސްޑް މެތަޑް ސްޓަޑީ"
- މަރްޔަމް ހުދާ : "ނެވިގޭޓިންގ ދަ ފިއުޗަރ: އިންސައިޓްސް އޮން ޓެލެނަރސިންގ ފްރޮމް އަންޑަރގްރެޖުއޭޓް ނަރސިންގ ސްޓޫޑަންޓްސް އިން ދަ މޯލްޑިވްސް"
އެމްއެންޔޫގެ "ބުކް ގްރާންޓް"ގެ ދަށުން ފޮތް ލިޔުމަށް މާލީ އެހީ ލިބުނު ފަރާތަކީ އިބްރާހިމް އާދަމް އެވެ. އޭނާގެ ފޮތުގެ މައުޝޫއަކީ "އެސްޕީއެސްގެ އެހީގައި ޑޭޓާ ތަހުލީލުކުރުމާއި އިންޓަފްރިޓްކުރުން؛ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް" އެވެ.
ފޮތް ލިޔުމާއި ދިރާސާކުރުމުގެ މާލީ އެހީއަށް އެދުމުގެ ފުރުޞަތަކީ އެމްއެންޔޫގެ ޕޯސްޓްގްރެޖުއޭޓް އިން މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދަރިވަރުންނާއި އެ ޔުނިވާސިޓިގެ މުވައްޒަފުންނަށް ހުޅުވާލެވިފައިވާ ފުރުޞަތަތެކެވެ.
މިފަދަ ފުރުޞަތުތަކުގެ އަމާޒަކީ އައު އުދެއްދުންތަކާއި ޢިލްމީ ހެކިތަކުގެ ޢަލީގައި ސިޔާސަތުތައް ކަނޑައެޅުމަށް ހަރުދަނާ ދިރާސާ މާޙައުލެއް ޤާއިމުކުރުމެވެ.