logoEN
Sto top
އޮސްޓްރޭލިއާއާއި މެލޭޝިޔާގެ ދެ ޔުނިވާސިޓީއަކާއި އެކު އެމްއެންޔޫއިން އެއްބަސްވުމެއް!

އޮސްޓްރޭލިއާއާއި މެލޭޝިޔާގެ ދެ ޔުނިވާސިޓީއަކާއި އެކު އެމްއެންޔޫއިން އެއްބަސްވުމެއް!

އަހުމަދު ޝުރާއު

logo

5/8/2025, 8:07:04 AM

# އެމްއެންޔޫ

--

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ދެ ޔުނިވާސިޓީއަކާއި ގުޅިގެން ދިވެހިރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށް ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

Wamco

އެމްއެންޔޫ އިން ސޮއިކޮށްފައިވަނީ އޮސްޓްރޭލިޔާގެ ޔުނިވާސިޓީއެއް ކަމަށްވާ "ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިޔާ-ސަދާން ކްރޮސް ޔުނިވާސިޓީ" އަދި މެލޭޝިޔާގެ ޔުނިވާސިޓީއެއް ކަމަށްވާ "ސެލަންގޯރ އިސްލާމިކް ޔުނިވާސިޓީ"އާއި އެކުގައި އެވެ.

މި ދެ އެއްބަސްވުމުގައި، އެމްއެންޔޫގެ ފަރާތުން އެ ޔުނިވާސިޓިގެ ވައިސް ޗާންސެލަރ، ޑރ.އައިޝަތު ޝެހެނާޒް އާދަމް ވަނީ ސޮއިކުރައްވައިފައެވެ. އަދި "ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިޔާ-ސަދާން ކްރޮސް ޔުނިވާސިޓީ"ގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ޔުނިވާސިޓީގެ އެގްޒެކެޓިވް ޖެނެރަލް މެނޭޖަރ ނިކޮލަސް ހައިޑެވެ. "ސެލަންގޯރ ޔުނިވާސިޓީ"އާއި އެކު ވެވުނު އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ވައިސް ޗާންސެލަރ، ޑރ. މުޙައްމަދު ފަރީދު ރަވީ ބިން އަބްދު ﷲ އެވެ.

ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިޔާ-ސަދާން ކްރޮސް ޔުނިވާސިޓީއާއި އެކު ވެވުނު މި އެއްބަސްވުމަކީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ދެ ޔުނިވާސިޓީ މެދުވެރިވެ މަސައްކަތްކުރުމަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ.

އަދި ސެލަންގޯރ އިސްލާމިކް ޔުނިވާސިޓީއާއިއެކު ސޮއިކުރެވުނު އެއްބަސްވުމަކީ ދެ ޔުނިވާސިޓީ އިން ގުޅިގެން ދިރާސާކުރުމާއި ދެ ޤައުމުގެ ދަރިވަރުންނަށް އެކްސްޗޭންޖް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތުތަށް ފަހިކޮއްދިނުމުގެ މަޤްޞަދުގައި ސޮއިކުރެވުނު އެއްބަސްވުމެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside