
އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން މިފަހަރު ކުޑަފަރީގައި!
# ފިޝަރީޒް މިނިސްޓްރީ--
އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމެއް، ނ. ކުޑަފަރީގައި ފަށައިފި އެވެ.

މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމް ކުރިއަށްދާނީ މި މަހުގެ 18 އިން 22ގެ ނިޔަލަށެވެ.
މި ތަމްރީން ޕްރޮގްރާމްގައި ގިނަ އަދަދެއްގެ އަންހެން ބޭފުޅުން ވަނީ ބައިވެރިވެފަ އެވެ. އެގޮތުން 14 އަންހެން ކަނބަލުންނާއި އެންމެ ފިރިހެނެކެވެ.
މި ތަމްރީން ޕްރޮގްރާމުގައި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ މައުލޫމާތު ބައިވެރިންނަށް ދޭނެ އެވެ. އަދި މަހުން ތައްޔާރުކުރާ އަގު އެއްކުރި ބާވަތްތަކާއި ގުޅޭ މަޢުލޫމާތުދީ އަމަލީ ގޮތުން އެ ތަކެތި ތައްޔާރުކުރުމުގެ ފުރުޞަތު ބައިވެރިންނަށް ފަހިކޮށްދޭނެއެވެ.
މީގެ އިތުރުން ވިޔަފާރީގެ އުޞުލޫން މިފަދަ މަސައްކަތްތައް ކުރުމަށް ބޭނުންވާ މަޢުލޫމާތާއި މަސައްކަތުގެ ހުނަރު ބައިވެރިންނަށް ދަސްކޮށްދޭނެއެވެ.
މި ތަމްރީނު ޕްރޮގްރާމް ގައި މަޢުލޫމާތު ދެއްވަނީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ފަންނީ ބޭފުޅުންނެވެ.
ގުޅުންހުރި

މެރިކަލްޗަރ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް!

އެން ރައްކާކޮށް ދިގު މުއްދަތަކަށް ގެންގުޅެން ތިން އުޅަނދެއްގައި ފެށި ޕައިލެޓް ޕްރޮގްރާމް ކާމިޔާބު - ޝިޔާމް

ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިޔަ ބްލޫ އެކޮނޮމީ ޕްރޮޖެކްޓު ނިންމާލުމަށް ސެމިނާއެއް ބާއްވައިފި
