
ސިންގަޕޫރާއިއެކު ތަޢުލީމީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި
# އެޑިއުކޭޝަން މިނިސްޓްރީ--
އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު، ސިންގަޕޯއިން ރާއްޖެއަށް ކަޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ސޫ ކޮކް ލެންގް އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން އޮތީ މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި ސިންގަޕޯ އާއި ދެމެދުގައި ޤާއިމުވެފައިވާ ތަޢުލީމީ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ.
އަދި ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށް ސިންގަޕޯއިން ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ މުހިންމުކަން ދެބޭފުޅުންވެސް ފާހަގަކުރެއްވި ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުން، ދެ ޤައުމުގެ ދަރިވަރުންނަށް ލިބެމުންދާ ތަޢުލީމީ ފުރުސަތުތައް ފުޅާކުރުމާއި، މުދައްރިސުންގެ ފެންވަރު މަތިކުރުމަށް ހިންގޭ ތަމްރީނު ޕްރޮގްރާމްތައް އިތުރުކުރުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވުނު ކަމަށެވެ.
ގުޅުންހުރި
(1).jpeg&w=3840&q=75)
އަލް-އަޒްހަރުން ޑިގްރީއަށް ކިޔެވުމަށް ދިވެހި ދަރިވަރުންނަށް 22 ސްކޮލަރޝިޕް!

މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުންގެ ޗުއްޓީ އަށް

ސްޓޭޖް 2 އިން 5 އަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ޕްރިންޓް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، އިއުލާންކޮށްފި




