logoEN
Sto top
ޓިކްޓޮކް ލައިވެއްގައި ބަރަހަނާވެ ޖިންސީ އަމަލު ހިންގި ދިވެހި އަންހެނެއްގެ މައްސަލަ ބަލަނީ

ޓިކްޓޮކް ލައިވެއްގައި ބަރަހަނާވެ ޖިންސީ އަމަލު ހިންގި ދިވެހި އަންހެނެއްގެ މައްސަލަ ބަލަނީ

އަހުމަދު ޝުރާއު

logo

5/25/2025, 5:05:55 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ޓިކްޓޮކް ލައިވެއްގައި ބަރަހަނާވެ ޖިންސީ އަމަލު ހިންގި ދިވެހި އަންހެނެއްގެ މައްސަލަ ބަލަން ފުލުހުން ފަށައިފި އެވެ.

Wamco

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ސޯޝަލްމީޑިއާ ޕްލެޓްފޯމެއްގައި ލައިވްވި ދިވެހި އަންހެނަކު ބަރަހަނާވެ ޖިންސީ އަމަލުތަކެއް ހިންގާފައި ވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށެވެ.

މިއާއިއެކު ފުލުހުންގެ ޚިދުމަތުން އެ މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް އަދި މިހާތަނަށް ފުލުހުން ހާމައެއް ނުކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބަރަހަނާވެ ލައިވްއެއް ކޮށްފައިވަނީ ދިވެހީންގެ މެދުގައި މަގްބޫލު ޓިކްޓޮކްގައި އެވެ.

ފުލުހުން މީގެ ކުރީން ވަނީ އަންހެން ހެނދުން ލައިގެން ޓިކްޓޮކްގައި މުޖުތަމައުއާއި ނުގުޅޭ މަންޒަރުތައް ލައިވްކުރި ފިރިހެނަކުވެސް ހައްޔަރުކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside