logoEN
Sto top
މ އަތޮޅުގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް ފެށިގެން ކުރިޔަށް!

މ އަތޮޅުގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް ފެށިގެން ކުރިޔަށް!

އަހުމަދު ޝުރާއު

logo

5/25/2025, 4:23:51 PM

# އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ

--

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އިސްރަށްވެހިންނަށް ރަށުފެންވަރުގައި އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތްތައް ބިނާކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން (ސީ.ބީ.އާރް) ތަމްރީން ޕްރޮގްރާމް މ.އަތޮޅުގައި މިއަދު ފަށައިފިއެވެ.

Wamco

މި ތަމްރީން ޕްރޮގްރާމް ކުރިއަށް ދާނީ މި މަހުގެ 25 އިން 28 ވަނަ ދުވަހާއި ހަމައަށް މ.މުލީގައެވެ.

މި ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާތިފް ގެ އިތުރުން، މ.އަތޮޅު ކައުންސިލް ރައީސް، މުޙައްމަދު ނިމާލް އަދި މުލި ކައުންސިލް ރައީސް، ޝައްމޫން ރަމީޒް ވަނީ ތަމްރީން ޕްރޮގްރާމުގެ ބައިވެރިންނާއި ބައްދަލުކޮށް ވާހަކަފުޅުދައްކަވާފައެވެ.

އެގޮތުން، މި ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ މުހިންމު ކަމާ ގުޅޭ ގޮތުން މި ތިން ބޭފުޅުންގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފައެވެ. ހަމައެހެންމެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާ އެކި ގޮންޖެހުންތަކުން އަރައިގަނެ އެ ފަރާތްތަކަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ރަށު ފެންވަރުގައި މުޅި މުޖުތަމަޢު ގުޅިގެން ކުރެވޭނެ ކަންކަން އެބަހުރިކަމަށާއި، މި ތަމްރީން ޕްރޮގްރާމުގެ ތެރެއިން މިގޮތަށް ކުރެވިދާނެ ކަންކަން ދެނެގަނެ އެ މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވިގެން ދާނެކަމަށް ސްޓޭޓް މިނިސްޓަރ އާތިފް ގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside