logoEN
Sto top
ދުނިޔޭގެ ތިމާވެށީގެ ދުވަހު ސްކޫލްތަކާއި ގުޅިގެން ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ހިންގަނީ

ދުނިޔޭގެ ތިމާވެށީގެ ދުވަހު ސްކޫލްތަކާއި ގުޅިގެން ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ހިންގަނީ

އަހުމަދު ޝުރާއު

logo

5/25/2025, 4:18:26 PM

# އެންވަޔަރަމަންޓް މިނިސްޓްރީ

--

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ސްކޫލްތަކުން ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް މަޝްވަރާކޮށްފި އެވެ.

Wamco

އެންވަޔަރަމެންޓު މިނިސްޓްރީން ބުނީ ރާއްޖޭގެ ސްކޫލްތަކުން ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ހިންގަން މަޝްވަރާކޮށްފައިވަނީ 5 މިލިއަން ގަސް މަޝްރޫޢުގެ އޮފިޝަލުންނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސްވެރިންނާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި، ދަރިވަރުންގެ މެދުގައި ތިމާވެށި ރައްކާތެރިކުރުމުގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، ގަސްގަހާގެހި އިންދުމުގެ މުހިންމުކަން އުނގަންނައިދިނުމަށް މި ޕްރޮގްރާމްތައް ރޭވިފައިވާކަމަށް ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ހާމަކުރިއެވެ.

މި ޕްރޮގްރާމްތަކުގެ ސަބަބުން ކުޑަ އިރުއްސުރެ ދަރިވަރުންނަށް ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން އެނގި، އެކަމަށް އަހުލުވެރިވެގެންދާނެއެވެ. އަދި މުސްތަޤުބަލުގައި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާނެ ޖީލެއް އުފެދިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ސްކޫލްތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް ހިންގުމަކީ ދަރިވަރުންނަށް ޢަމަލީ ގޮތުން ތަޖުރިބާ ލިބި ދަރިވަރުންގެ މެދުގައި ތިމާވެށްޓަށް ލޯބިކުރުމުގެ ރޫހު އާލާވެގެންދާނެކަންވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ދިމާކޮށެވެ. މި ޕްރޮގްރާމްތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ސްކޫލްތަކުން ބައިވެރިވާން ވަނީ މަޝްވަރާކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside