
--
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް މަރިޔަމް ޒީނިޔާ މަގާމުން ވަކިކޮށްފިއެވެ.

ޒީނިޔާ މަގާމުން ވަކިކުރިކަން އޭނާ ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކަށް މިރޭ ކަށަވަރުކޮށްދެއްވާފައި އެވެ. އެގޮތުން މަގާމުން ވަކިކުރުމުގެ ޗިޓު މިއަދު ހަވާލުކޮށްފައިވާކަމަށް ޒީނިޔާ ވަނީ ބުނެފައި އެވެ.
ޒީނިޔާ މަގާމުން ވަކިކުރި އިރު މިދިޔަ ހަފްތާގައި އޭނާ ވަނީ ސަސްޕެންޑުވެސް ކޮށްފައި އެވެ.
ކުއްލި ގޮތަކަށް ބްރޯޑްކޮމްއިން ޒީނިޔާ ވަކިކުރި އިރު އެ ކޮމިޝަންގެ މެމްބަރުންނާ ދެކޮޅަށް މުވައްޒަފުންތަކެއް މިިދިޔަ ހަފުތާގައި ވަނީ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ. އެ ޕެޓިޝަންގައި ބްރޯޑްކޮމްގެ މުވައްޒަފުން ބުނެފައިވަނީ ސެކްރެޓަރީ ޖެނެރަލް އަދި ޑިރެކްޓަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރަން ހުރަސް އެޅޭގޮތަށް ކޮމިޝަން ރައީސް ސޮފާ ޝަފީގާއި ބައެއް ބައެއް މެމްބަރުންގެ ފަރާތުން އިދާރީ ހިންގުމުގެ ހުރިހާ ކަމަކާ އަދި ވަކި ހުދޫދެއް ނެތި އިދާރީ އޮނިގަނޑަށް އިހުތިރާމް ކުރުމެއް ނެތި ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރަން ހުރަސްއަޅަމުންދާ ކަމަށެވެ.
ބްރޯޑްކޮމްގެ އައިޓީ އޮފިސަރު އަހުމަދު ފަޒީލް ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. ހަތް ދުވަހުގެ މުއްދަތައް އޭނާ ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.







