logoEN
Sto top
ބްރޯޑްކޮމްއަށް މުހައްމާއާއި ސަރާހަތު!

ބްރޯޑްކޮމްއަށް މުހައްމާއާއި ސަރާހަތު!

އަހުމަދު ޝުރާއު

logo

1/16/2025, 5:28:39 AM

# ބްރޯޑްކޮމް

--

ބްރޯޑްކާސްޓިން ކޮމިޝަނުގެ ހުސްވެފައިވާ ދެ ގޮނޑިއަށް އައިމިނަތު ސަރާހަތު އިއްޒަތު އަދި އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.

Wamco

ބްރޯޑްކޮމްގެ ދެ މެންބަރެއްގެ ދައުރު މިދިޔަ މަހު ހަމަވެފައިވާއިރު, އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން 12 ބޭފުޅަކު ކުރިމަތިލެއްވި އިރު އޭގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި ބައެއް ފަރާތްތައްވެސް ހިމެނެއެވެ. ނަމަވެސް ރައީސް އިސްކަން ދެއްވާ ތަރުތީބުން މަޖިލީހަށް ފޮނުއްވި ލިސްޓުގެ ކުރީގައި އޮތީ އޮތީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަދި އިބްރާހިމް މުއާޒު އަލީ (މުއާ)ގެ ނަމެވެ.

ނަމަވެސް ބްރޯޑްކޮމްއަށް މެމްބަރަކު އައްޔަނުކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު އާންމު ކުރި ރިޕޯޓުގައި 89 ޕަސެންޓާ އެކު އެންމެ މަތިން މާކްސް ލިބިވަޑައިގެންފައިވަނީ ކޮމިޝަންގެ މެމްބަރުކަން ކުރިން ވެސް ކުރެއްވި އާމިނަތު ސަރާހަތު އިއްޒަތަށެވެ. އަދި ދެވަނައަށް އެންމެ ގިނަ މާކްސް ލިބިފައިވަނީ މަގްބޫލު ނޫސްވެރިޔާ ޝިފްޒާ މުސްތަފާއަށެވެ.

ބްރޯޑްކޮމްއަށް މެމްބަރަކު އައްޔަނުކުރުމަށް މިއަދު މަޖިލީހުގެ ތަޅުމުގައި ނެގުނު ވޯޓުގައި މެމްބަރުން ވޯޓުދެއްވީ ސަރާހަތު އާއި މުހައްމާ ބްރޯޑްކޮމްއަށް އައްޔަނުކުރާށެވެ. އެގޮތުން ވޯޓުގައި ބައިވެރިވެވަޑައިގަތް 68 މެމްބަރުން ވަނީ ސަރާހަތު އައްޔަނުކުރަން ވޯޓު ދީފައި އެވެ. މުހައްމާއަށް ލިބުނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެމްބަރުންގެ ތެރެއިން 58 މެމްބަރުންގެ ވޯޓެވެ.

ކޮމެޓީގެ އިންޓަވިއުގައި ދެވަނަ އަށް އެންމެ ގިނައިން މާކްސް ލިބުނު ޝިފްޒާއަށް ވޯޓުގައި ބައިވެރިވެވަޑައިގަތް 61 މެންބަރުންގެ ތެރެއިން ރުހުން ލިބުނީ 11 މެމްބަރުންގެއެވެ.

މިއާއިއެކު މަޖިލީހުން ފާސްވެފައިވަނީ ސަހާރަތާއި މުހައްމާ ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަނުކުރުމަށެވެ. ބްރޯޑްކޮމް އެކުލެވިގެންވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެ ކޮމިޝަންގެ މެމްބަރުންނަށް ލިބެނީ ފަސް އަހަރުގެ ދައުރެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside