logoEN
Sto top
ބްރޯޑްކޮމްއަށް ރިޟްވާން އައްޔަނުކުރައްވައިފި

ބްރޯޑްކޮމްއަށް ރިޟްވާން އައްޔަނުކުރައްވައިފި

އަހުމަދު ޝުރާއު

logo

5/16/2025, 12:16:58 PM

# ބްރޯޑްކޮމް

--

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން" ގެ މެންބަރުކަމަށް މ.ހާވިލާ، މޫސާ ރިޟްވާން މިއަދު ޢައްޔަންކުރައްވައިފިއެވެ.

Wamco

މޫސާ ރިޟްވާން މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.

މޫސާ ރިޟްވާން ވަނީ 2016ވަނަ އަހަރު ޕޮލިޓިކަލް ސައިންސް އަދި އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗެލަރސް ޙާޞިލްކުރައްވާފައެވެ.

މޫސާ ރިޟްވާން މީޑިޔާ އާއި މީޑިޔާ ހިންގުމުގައި 2009 ވަނަ އަހަރުން ފެށިގެން ޢަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައިވެއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ އިދާރާތަކާއި ސަރުކާރުގެ ވުޒާރާތައް ގުޅިގެން މުޅި ރާއްޖޭގައި ހިންގި ފެންނާރު މަޝްރޫޢާއި މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރެޒިލިއެންސް ޕްރޮޖެކްޓް، އަދި، ސްޓްރެންތެނިންގ ލޯ-ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް (އެލް.ސީ.އީ.އައި) މަޝްރޫޢުގައި ޢަމަލީ ދައުރެއް ރިޟުވާން ވަނީ އަދާކުރައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC