logoEN
Sto top
ޕޮލިސް ކްލަބުން ކުރިޔަށް ގެންދިޔަ ފުޓުބޯޅަ އަދި ފުޓްސަލް ރެފްރީ ކޯސް ނިންމާލައިފި

ޕޮލިސް ކްލަބުން ކުރިޔަށް ގެންދިޔަ ފުޓުބޯޅަ އަދި ފުޓްސަލް ރެފްރީ ކޯސް ނިންމާލައިފި

އަހުމަދު ޝުރާއު

logo

5/25/2025, 3:31:07 PM

# ޕޮލިސް ކްލަބު

--

ޕޮލިސް ކްލަބާއި ފުޓްބޯލް އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ފުޓުބޯޅަ އަދި ފުޓްސަލް ރެފްރީ ކޯހުގެ ނިމުން ފާހަގަކޮށް ކޯސް ފުރިހަމަކުރި ފަރާތްތަކަށް ހަނދާނީ ލިޔުންދީފިއެވެ.

Wamco

މި މަހު 24 ވަނަ ދުވަހުގެ ރޭ އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކީޕަރު އިމްރާން މުޙައްމަދެވެ. މި ރަސްމިއްޔާތުގައި، ޕޮލިސް ކުލަބުގެ ރައީސް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝިދުއާއި، ކުލަބުގެ ނައިބު ރައީސް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝިފާޒްއާއި ޖެނެރަލް ސެކްރެޓަރީ އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ އިބްރާހީމްއާއި، ކުރީގެ ރެފްރީ ސަޢީދު ޢަލީއާއި ކޯހުގައި ކިޔަވައިދެއްވި މުދައްރިބުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވައި އިމްރާން މުޙައްމަދު ދެއްކެވި ވާހަކަ ފުޅުގައި، ޕޮލިސް ކުލަބުން އިސްނަގައިގެން މިފަދަ ކޯހެއް ހިންގުމަކީ ޕޮލިސް ކުލަބުން ހާއްސަކޮށް ފުޓްސަލްއާއި ފުޓުބޯޅަ ރާއްޖޭގައި ކުރިއެރުވުމަށްދޭ ހާއްސަ ސަމާލުކަން ދޭހަވެގެންދާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ރެފްރީ ކަމުގައި ދެވެން އޮތް އެންމެ އުހަކަށް ކޯހުގެ ބައިވެރިން ދިއުމަށް ގަދައަޅައި މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ. މީގެ އިތުރުން، މި ކޯހުގައި ކިޔަވައިދެއްވީ ރާއްޖޭގައި ތިބި އެންމެ ފުންނާބު އުސް ރެފްރީން ކަމަށާއި އެ ބޭފުޅުންނަކީ މި ރޮނގުން ގިނަގުނަ ކާމިޔާބީތަކާއި ތަމްރީނުތައް ހާސިލުކޮށްފައިވާ ފަރާތްތައްކަން ވެސް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، ކުލަބުގެ ރައީސް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝިދު ދެއްކެވި ވާހަކަފުޅުގައި، ކުލަބުން އިސްނަގައިގެން މިފަދަ ކަންކަން ކުރުމުގެ ބޭނުމަކީ މުއައްސަސާއިންނާއި އަތޮޅުތެރޭ ރަށްރަށުން ރާވައި ހިންގާ މުބާރާތްތަކަށް ރެފްރީން ހޯދުމަށް އެދެމުންދާތީ އެކަމަށް މަގެއް ކޮށައިދީ ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުން ކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ފުޓްސަލް ރެފްރީ ތިން ކޯހެއް ހިންގާފައިވާ ކަމަށާއި މި ކޯސްތަކުން 100 އަށްވުރެ ގިނަ ރެފްރީން ތަމްރީނު ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި މަހު 15 އިން 24 އަށް ކުރިއަށް ގެންދިޔަ މި ދެ ކޯސް ފުރިހަމަކޮށް ހަނދާނީ ލިޔުމާއި ބެޖު ހާސިލުކޮށްފައި ވަނީ ފުޓްސަލް ރެފްރީ ކޯހުގައި ބައިވެރިވި 38 ބައިވެރިންގެ ތެރެއިން 35 ބައިވެރިންނެވެ. އަދި ފުޓުބޯޅަ ރެފްރީ ކޯހުގައި ބައިވެރިވި 39 ބައިވެރިންގެ ތެރެއިން 36 ބައިވެރިންނެވެ.

މި ކޯހުގައި ތިއަރީ ކްލާސްތަކާއި ޕްރެކްޓިކަލް ކްލާސްތައް ކުރިއަށް ގެންގޮސްފައިވާއިރު މި ދެ ބައި ހިމެނޭ ގޮތަށް އިމްތިހާނު ދިނުމަށް ފަހު ވަރަށް ފުރިހަމައަށް ބައިވެރިން އެސެސްކުރެވިފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside